ގެއްލިގެން ހޯދަމުންދިޔަ އަންހެން މީހާ ފެނިއްޖެއެވެ.

ގެއްލިގެން ހޯދަމުން ގޮސްފައިވަނީ މ. އާޒާދީގުލްޝަން / އާތިފާ އަބްދުﷲ (53އ) އެވެ. އޭނާ ގެއްލިގެން ރިޕޯޓްކޮށްފައިވަނީ މިއަދު 10:25 ހާއިރެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި އޭނާ ހޯދަމުން ގޮސްފައިވަނީ ވިލިމާލޭގައި އޭނާ ދިރިއުޅޭ ގެއިން، ޖޫން 30 ވަނަ ދުވަހުގެ ރޭ 11:45 ހާއިރު ނުކުތް ފަހުން އާއިލާއަށް ހަބަރެއް ނުވެގެންނެވެ.

ފުލުހުން މިރޭ ބުނީ އާއިލާ މީހަކަށް ވިލިމާލޭ ފިހާރައެއްގެ ނަމްބަރަކުން އާތިފާ ގުޅި ކަމަށް އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ.

އަދި އޭގެ ފަހުން ފުލުހުން ވަނީ އާތިފާ އަމިއްލައަށް ގެއަށް އައިސްފައިވާ ކަމަށް ބުނެފައެވެ. އަދި އޭނާގެ ހާލު ރަނގަޅު ކަމަށްވެސް ފުލުހުން ބުންޏެވެ.