މާލޭގެ ގެއެއްގައި މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ.
ފުލުހުން މިއަދު ބުނީ ހެންވޭރު ގެއެއްގައި ހަބަރު ހުސްވެފައި މީހަކު އޮތް ކަމުގެ ރިޕޯޓު ލިބުނީ މިއަދު 1:20 އެހާކަންހާއިރު ކަމަށެވެ.
އެމީހާ އޭޑީކޭއަށް ގެންދިޔަ ކަމަށާއި އޭނާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށް އެ ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުންޏެވެ.
އެއީ 43 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށްވެސް ފުލުހުން ބުންޏެވެ.
ނަމަވެސް އެކަމާބެހޭ އިތުރު މައުލޫމާތެއް ނުދެއެވެ. ދެން ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ބަަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.
އެނގިފައިވާ ގޮތުގައި އެމީހާ އަކީ ހުކުރު ގަޑީގައި އެގެއަށް ވައްކަން ކުރަން ވަން މީހެކެވެ.
ޚަބަރު
ޚަބަރު