ހައްޖުގެ އަޅުކަން އަދާކުރެއްވުމަށް ނައިބު ރައީސް ފައިސަލް ނަސީމު ސައުދީ އަރަބިއްޔާއަށް މިރޭ ފުރާވަޑައިގަންނަވައިފިއެވެ.
މި އަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށް ރާއްޖެއިން ދިޔަ ހައްޖާޖީންގެ އެންމެހައި ކަންތައްތައް ބެލެހެއްޓުމަށް، އަމީރުލްހައްޖުގެ ގޮތުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކަނޑައަޅުއްވާފައި ވަނީ ނައިބު ރައީސް ފައިސަލްއެވެ.
މި އަހަރު ރާއްޖެއިން ހައްޖަށް މީހުން ގެންދިއުމަށް 1،000 ކޯޓާ ވަނީ ލިބުނެވެ. ހައްޖަށް މީހުން ގެންދިއުމަށް ރާއްޖޭގެ ތިން ކުންފުންޏަކަށް ހުއްދަ ދީފައިވާއިރު، ކޮންމެ ކުންފުންޏަކަށް ވަނީ 90 ކޯޓާ ދީފައެވެ. މި އަހަރު ރާއްޖެއިން ހައްޖަށްދާ އެންމެން މިހާރު ވަނީ ސައުދީއަށް ގޮސްފައެވެ،
ދިވެހި ހައްޖާޖީންގެ އެންމެހާ ކަންކަމަށް ހާއްސަ ސަމާލުކަމެއް ދީގެން ހުރިހާ އިންތިޒާމުތަކެއް ވީހާވެސް ފުރިހަމައަށް ގެންދިޔުމަށް ބާރު އެޅުމަށްޓަކައި ސަރުކާރުން ކޮންމެ އަހަރަކުވެސް އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އެގޮތުން ދިވެހި ހައްޖު މިޝަނުން ވަނީ މިއަހަރު ދިވެހި ހައްޖާޖީންނަށް ހިދުމަތް ދިނުމަށް ހަވާލުކޮށްފައިވާ ކުންފުނިކަމުގައިވާ ”އަލް ބައިތު ގެސްޓްސް” އާ ބައްދަލުކޮށްފަ އެވެ. ސައުދީގެ "އަލް ބައިތު ގެސްޓްސް" އިން ބުނެފައިވާގޮތުގައި ދިވެހި ހައްޖާޖީން މިނާ އަދި އަރަފާތުގައިވެސް ތިބޭނީ އެއް ސަރަހައްދެއްގަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު