ގަވާއިދާ ހިލާފަށް 28.7 ޓަނުގެ މިޔަރު އުރަހަ އެކްސްޕޯޓު ކުރަނިކޮށް އަތުލައިގަނެފިއެވެ.
ބްރެޒިލްގެ އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު އެ ގައުމުން ވަގަށް އެކްސްޕޯޓު ކުރުމަށް ތައްޔާރުކޮށްފައިވާ މިޔަރު އުރަހައަކީ 11،000 މިޔަރު މަރާލުމަށްފަހު ހޯދާފައިވާ އުރަހަތަކެއް ކަމަށް ބުނެފައިވެއެވެ.
ބްރެޒިލްގެ އޮފިޝަލުންނާ ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނެފައިވާ ގޮތުގައި، 28.7 ޓަނުގެ އުރަހަ އެކްސްޕޯޓު ކުރުމަށް ތައްޔާރުކޮށްފައިވަނީ އޭޝިއާގެ ގައުމަކަށެވެ.
މި މައްސަލާގައި މިހާތަނަށް ދެ ކުންފުންޏެއް ހިމެނޭއިރު ބްރެޒިލްގެ އޮފިޝަލުން އެ ކުންފުނިތަކުގެ ނަން ހާމައެއް ނުކުރެއެވެ.
ބްރެޒިލްގައި މިޔަރު މެރުމަކީ ގާނޫނީ ކުށަކަށްވާއިރު އަތުލައިގަނެފައިވާ މިޔަރު އުރަހަ ހޯދުމުގައި ހަރަކާތްތެރިވި ފަރާތްތައް ހޯދުމުގެ މަސައްކަތްވެސް ވަނީ ފަށާފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ