ކޮމަންވެލްތުގެ މަދަނީ ޖަމިއްޔާގެ އޭޝިއާ ގަވަރުނަރަކަށް ވިމެން އެންޑް ޑިމޮކްރަސީގެ ޖަމިއްޔާގެ ފައުންޑާ އަދި ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަން ސްޓްރެޖިސްޓް މަގާމުގައި ހުންނެވި ސަފާތު އަހުމަދު ޒާހިރު ހޮވައިފިއެވެ.

ކޮމަންވެލްތުން މިއަހަރުގެ ފެބްރުއަރީ މަހު ވަނީ އެފްރިކާ, އޭޝިޔާ, ކެރޭބިޔަން އެންޑް އެމެރިކާސް, ޕެސިފިކް އަދި ޔޫރަޕް ސަރަހައްދުން ގަވަރުނަރުން އައްޔަންކުރުމަށް ނިންމައިފިއެވެ.

ގަވަރުނަރު އައްޔަންކުރުމަށް ހުޅުވާލުމުން ހަމައެކަނި އޭޝިއާގެ ގައުމުތަކުން ވަނީ 600 މީހުން ކުރިމަތިލައިފައެވެ. ސަފާތު، ކޮމަންވެލްތުގެ އޭޝިއާގެ ގަވަރުނަރުގެ މަގާމަށް ހޮވުނީ އެ 600 މީހުންގެ ތެރެއިންނެވެ.

އެ މަގާމަށް ހޮވުމާ ގުޅިގެން ސަފާތު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ކޮމަންވެލްތުގެ އޭޝިއާ ބައްރުގެ ގަވަރުނަރުގެ ފަދަ މުހިންމު މަގާމެއްގައި ހުރެ، ކޮމަންވެލްތުގެ ލަނޑުދަނޑިތައް ކަމުގައިވާ މިންތީގެ ހަމަހަމަކަން, ޑިމޮކްރަސީ އަދި އިންސާނީ ހައްގުތައް ހިފެހެންޓުމަށް އޭޝިއާ ބައްރުގެ މަދަނީ ޖަމިއްޔާތަކާ ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށެވެ.

ދިވެއްސަކު އެފަދަ މުހިންމު މަގާމެއްގައި ހުރުމުން ކޮމަންވެލްތާއެކު އޮންނަ ގުޅުން ބަދަހިކުރެވި ބައިނަލްއަގުވާމީ މާއިދާނުގައި ރާއްޖޭގެ އެއްބާރުލުން އިރުވެގެންދާނެ ކަމަށް ސަފާތު ވިދާޅުވިއެވެ.