މައްސަރު ކަންކަމާ ހޭލުންތެރިކަން އިތުރުކުރުމަށް ޒީރޯ ވޭސްޓް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ޕްރޮގްރާމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މާލީ އެހީތެރިކަން ފޯރުކޮށްދީފިއެވެ.
އެމްއޭސީއެލްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ކުންފުނިން ވަނީ 35،000 ރުފިޔާގެ ޗެކެއް ޒީރޯ ވޭސްޓް މޯލްޑިވްސްއާ ހަވާލުކޮށްފައެވެ. އެ ޗެކު ޒީރޯ ވޭސްޓް މޯލްޑިވްސްއާ ހަވާލުކޮށްދެއްވީ އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ތޯހާއެވެ. ޒީރޯ ވޭސްޓްގެ ފަރާތުން އެ ޗެކާ ހަވާލުވެވަޑައިގެންނެވީ އެ ޖަމިއްޔާގެ ކޯ ފައުންޑަރު މަރިޔަމް ހަމްޝާ ހުސައިންނެވެ.
މައްސަރު ކަންކަމުގެ ދުޅަހެޔޮކަމާ ބެހޭގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމަކީ، ރަށްރަށުގައި ތިބި އަންހެނުންނާއި އަންހެން ކުދިން ބާރުވެރިކޮށް، އެ މީހުންނަށް މައްސަރު ދުސްވަރު އެކި އެހީތެރިކަން ފޯރުކޮށްދިނުމާއި ޕްލާސްޓިކް މަދުކުރުމެވެ.
އެގޮތުން، މި ޕްރޮޖެކްޓުގެ އަމާޒަކީ މައްސަރު ދުވަސްވަރު ބޭނުންކުރާ ޕްލާސްޓިކް އެކުލެވޭ ޕެޑުން އަހަރަކު 1.1 ޓަނު މަދުކުރުމެވެ.
މި ޕްރޮޖެކްޓްގެ ދަށުން މިހާރުވެސް ވަނީ 45،000 އަށްވުރެ ގިނަ މީހުންނަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. އެގޮތުން މައްސަރު ދުވަސްވަރު ބޭނުންކުރާ 700 އަށްވުރެ ތަށްޓާއި ރީޔޫސަބަލް ޕެޑު ވަނީ ފޯރުކޮށްދީފައެެވެ.
ޚަބަރު
ޚަބަރު