މޯލްޑިވްސް ލިވިން އެކްސްޕޯގެ 11 ވަނަ އެޑިޝަންގެ ޓައިޓަލް ސްޕޮންސަރަކަށް އާބަންކޯ ހަމަޖައްސައިފިއެވެ.
ރާއްޖޭގެ ލީޑިން އިވެންޓް މެނޭޖްމަންޓް، ޕަބްލިކޭޝަން އަދި ޕީއާރު ކުންފުނި ހައިރައިޒް އިން 2013 ވަނަ އަހަރުން ފެށިގެން ބާއްވަަމުން އަންނަ ލިވިން އެކްސްޕޯއަކީ ރިއަލް އެސްޓޭޓްގެ ޕްރޮޖެކްޓްތަކުގެ މަސައްކަތްތައް އެއް ޕްލެޓްފޯމެއްގެ ތެރެއިން ފެންނާނެ ގޮތް ހަދައި، އެ ދާއިރާގެ ފުރުސަތުތައް އެއް ޕްލެޓްފޯމަކުން ދައްކައިދިނުމުގެ މަގުސަދުގައި ބާއްވާ އެކްސްޕޯއެކެވެ.
ލިވިން އެކްސްޕޯގެ ޓައިޓަލް ސްޕޮންސަރަކަށް އާބަންކޯ ހަމަޖެއްސުމުގެ ގޮތުން އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އާބަންކޯގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަހުމަދު ގައިސްއެވެ. އަދި ހައިރައިޒްގެ ފަރާތުން ސޮއިކުރެއްވީ ސޭލްސް އެންޑް މާކެޓިން ޑިރެކްޓަރު މަރިޔަމް މާއިޝާއެވެ.
މިފަހަރު ލިވިން އެކްސްޕޯ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އޯގަސްޓް މަހުގެ 10 ވަނަ ދުވަހުން ފެށިގެން 12 ވަނަ ދުވަހުގެ ނިޔަލަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ.
އާބަންކޯއިން ބުނީ އެ ކުންފުނީގެ ސްކޯޕް ސްކޯޕް ބޮޑުކޮށް، އާބަން ސިޓީ ޑެވެލޮޕްމަންޓަށް ފޯކަސް ކުރަމުން އަންނަ އިރު، ލިވިން އެކްސްޕޯއަކީ އެކަމަށް އަލިމަގެއް ދައްކުވައިދޭ ފަދަ އެކްސްޕޯއެއް ކަމަށެވެ.
އެހެންކަމުން ލިވިން އެކްސްޕޯގެ ޓައިޓަލް ސްޕޮންސަރަކަށް ވުމަކީ ލިބޭ އުފަލެއް ކަމަށް އާބަންކޯއިން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު