ފުވައްމުލައް ސިޓީގައި ރޭ ހިނގި އެކްސިޑެންޓެއްގައި އަންހެނަކަށް އަނިޔާވެ އައިސީޔޫގައި ފަރުވާ ދޭން ފަށައިފި އެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި އެ އެކްސިޑެންޓް ހިނގާފައިވަނީ އެ އަންހެން މީހާ ދުއްވި ސައިކަލު ކޮންޓްރޯލް ނުވެގެން ގޮސް، އޭނާގެ ކުރިމަތިން ހުރަސްކުރި ބުޅަލެއްގެ ގައިމައްޗަށް ސައިކަލު އަރައި ވެއްޓުމުންނެވެ.
ފުވައްމުލައް ހޮސްޕިޓަލުގެ މެނޭޖަރު މުހައްމަދު ލިލާރު "ވަން" އަށް މިއަދު ވިދާޅުވީ، އެ އެކްސިޑެންޓުގައި އަނިޔާވެފައިވަނީ 30 އަހަރުގެ އަންހެނަކަށް ކަމަށާއި އެ މީހާއަށް އެ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނައިރު ހާލު ރަނގަޅު ކަމަށެވެ.
"ކަންފަތުން ލޭ އައިސްފައި ހުރީ. ދެން ލިބުނު ގެއްލުމެއް އަޅުގަނޑުމެންނަށް އަދި ނޭނގެ. އެހެންވެ މިކޮޅުން އިތުރަށް ދެވޭނެ ފަރުވާއެއް ނެތުމުން މާލެއަށް ރިފާކޮށްފަ ވާނީ. މި ބަލަނީ 11:30 ހާއިރު މާލެ ފުރުވައިލެވޭނެ ކަމަށް" ލިރާރު ވިދާޅުވިއެވެ.
ލިރާރު އިތުރަށް ވިދާޅުވީ، އެ މީހާ ހޮސްޕިޓަލަށް ގެންގޮސްފައިވަނީ ރޭ 9:15 ހާއިރު ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު