ބ. ތުޅާދޫ ހޮސްޕިޓަލް އިމާރާތްކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެއެވެ.
ހެލްތު މިނިސްޓްރީން ތުޅާދޫގެ 30 އެނދުގެ ހޮސްޕިޓަލު ގާއިމްކުރުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ އެމްޓީސީސީއާއެވެ. މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުއެވެ.
އެމްޓީސީސީއިން މިއަދު ބުނީ ތުޅާދޫ ހޮސްޕިޓަލް އިމާރާތްކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް މިދިޔަ ބުދަ ދުވަހު ޕްރޮޖެކްޓް ސައިޓް މޮބިލައިޒް ކޮށްފައިވާ ކަމަށެވެ.
މި މަޝްރޫއުގެ ދަށުން ސާވިސް ބްލޮކްއަކާއި އެކޮމޮޑޭޝަން ބްލޮކެއް ހިމެނޭހެން ދެ ފަންގިފިލާގެ އިމާރާތެއް އެޅުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި މަޝްރޫއުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 114.50 މިލިއަން ރުފިޔާއަށް 540 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު