މަކިޓާ ޕަވަޓޫލްސް ބޭނުން ކޮށްގެން ދިވެހިންގެ ފަންނުވެރިކަން ދައްކާލުމަށް އެސްޓީއޯއިން މިދިޔަ އަހަރު ކުރިއަށް ގެންދިޔަ "ހެއްޔާ މަކިޓާ މުބާރާތް 2022" ގެ ވަނަތަކަށް ހޮވުނު ފަރާތްތަކަށް އިނާމު ހަވާލުކޮށްފިއެވެ.
މުޅި ރާއްޖެއަށް ހުޅުވާލައިގެން އެސްޓީއޯއިން ކުރިއަށް ގެންދިޔަ މި މުބާރާތުގެ ބައިވެރިންނަށް އިނާމު ހަވާލުކޮށްފައިވަނީ އިއްޔެ އެސްޓީއޯ ޓްރެއިނިން އިންސްޓިޓިއުޓްގައި ބޭއްވި ހަފުލާއެއްގައެވެ.
މި މުބާރާތުގެ އެއްވަނަ ހާސިލްކޮށް 50،00 ރުފިޔާގެ އަގުހުރި މަކިޓާ ޓޫލްސް ލިބޭ ވައުޗަރު ހޯދާފައިވަނީ ހަސަން ޝާހިދުއެވެ. އޭނާ ތައްޔާރުކޮށްފައިވަނީ ތަފާތު ތަކެތި ހިމެނޭ މަންޒަރެކެވެ. ދެވަނަ ހޯދާފައިވަނީ އުނދޯއްޔެއް ތައްޔާރުކުރި އަހުމަދު ހުސައިންމަނިކުއެވެ. ދެވަނަ އިނާމުގެ ގޮތުގައި ދީފައިވަނީ 30،000 ރުފިޔާގެ އަގުހުރި މަކިޓާ ޓޫލްސް ލިބޭ ވައުޗަރެކެވެ.
ތިންވަނަ ހޯދައި 15،000 ރުފިޔާގެ އަގުހުރި އެސްޓީއޯ ޕީޕަލްސް ޗޮއިސް ހޯމް އެންޑް ކިޗަން ޕްރޮޑަކްޓްސް ވައުޗަރު ހާސިލްކޮށްފައިވަނީ މުހައްމަދު ރަޝީދުއެވެ. މަކިޓާ ޓޫލްސް ބޭނުންކޮށްގެން އޭނާ ތައްޔާރުކުރީ ޑްރެސިން ޓޭބަލްއެކެވެ.
އެސްޓީއޯ އިން ބުނީ މި މުބާރާތުގެ ވަނަތައް ހޮވާފައިވަނީ ފަނޑިޔާރުންގެ 70 އިންސައްތަ އާއި އާއްމުންގެ 20 އިންސައްތަ އަދި ހުށަހެޅި ވީޑިއޯއަށް 10 އިންސައްތަ މާކްސް ދީގެން ކަމަށެވެ.
ޚަބަރު
ޚަބަރު