އޮމާންގެ ގައުމީ އެއާލައިން، އޮމާން އެއާ އިން ރާއްޖެއަށް ޝެޑިއުލް ދަތުރުތައް ފެށުމަށް ތައްޔާރުވެއްޖެއެވެ.
މި އަހަރުގެ ހޫނު މޫސުމާ ދިމާކޮށް އޮމާން އެއާން ރާއްޖެއަށް ދަތުރުތައް ފަށާނީ މިމަހުގެ 24 ވަނަ ދުވަހުއެވެ. އޮމާންގެ ވެރިރަށް މަސްކަޓުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ބާއްވާ މި ސީދާ ދަތުރުތައް ހަފުތާއަކު ހަތަރު ދުވަހު ބާއްވަން ވަނީ ނިންމައިފައެވެ.
ދަތުރުތައް އޮންނާނީ އާދިއްތަ، އަންގާރަ، ބުދަ އަދި ހޮނިހިރު ދުވަހުއެވެ. މި ދަތުރުތަކުގެ ޓިކެޓުގެ އަގަކީ 385 އެމެރިކާ ޑޮލަރެވެ.
އޮމާން އެއާ އަކީ މީގެ ކުރިންވެސް ރާއްޖެއަށް ދަތުރުކުރި އެއާލައިނެކެވެ. އެގޮތުން 2016 ވަނަ އަހަރާއި 2018، އަދި 2019 ވަނަ އަހަރުވެސް އޮމާން އެއާއިން ރާއްޖެއަށް ދަތުރުކުރިއެވެ. އަދި ކޮވިޑާ ގުޅިގެން ދަތުރުތައް ހުއްޓާލުމަށްފަހު 2020 ވަނަ އަހަރުވެސް އޮމާން އެއާގެ ދަތުރުތަކެއް ރާއްޖެއަށް ކުރި ނަމަވެސް މިއީ ކޮވިޑަށް ފަހު އެ އެއާލައިނުން ރާއްޖެއަށް ޝެޑިއުލް ދަތުރުތައް ފަށާ ފުރަތަމަ ފަހަރެވެ.
ޚަބަރު
ޚަބަރު
ޚަބަރު