100 ދުވަހު ކަނޑުއަޑީގައި ދިރިއުޅެގެން ދުނިޔޭގެ ރެކޯޑުފޮތުން ޖާގަހޯދައިފިއެވެ.

ޑރ ޖޯސެޕް ޑިޓުރީ ނަމަކަށް ކިޔާ ޔުނިވަސިޓީ ޕްރޮފެސަރަކު ވަނީ މާޗް މަހުގެ އެއްވަނަ ދުވަހުން ފެށިގެން ފެނުއަޑީގައި 30 މީޓަރު އަޑީގައި ދިރިއުޅެފައެވެ.

އޭނާ ވަނީ 2014 ވަނަ އަހަރުވެސް 73 ދުވަސް ވަންދެން ކަނޑުއަޑީގައި ހޭދަކޮށްފައެވެ.

ޑިޓޫރީ ވަނީ އެއީ އޭނާ ދުނިޔޭގެ ރެކޯޑް ހެދުމަށް ކުރި ކަމެއް ނޫންކަމަށް ބުނެފައެވެ. އެއީ އިންސާނުންގެ ހަށިގަނޑު އެކި ހާލަތްތަކުގައިވެސް ދިރިއުޅުމަށް ގާބިލުކަން ހުރިކަން ހާމަކުރުމަށް ކުރިކަމެއް ކަމަށް ބުނެފައެވެ.

ޖޯސެފް ހޯދި ކާމިޔާބު ފާހަގަކޮށް އޭނާގެ ނަން ވަނީ "ޑރ ޑީޕް ސީ" އަށް ބަދަލުކޮށްފައެވެ.

ގިނިސް ވޯލްްޑް ރެކޯޑްސް އިން ވަނީ ޑިޓުރީގެ ރެކޯޑް އޭނާ އަޑީގައި ހޭދަކުރި 74 ވަނަ ދުވަހު ރެކޯޑް ފޮތަށް ލައިފައެވެ. އަދި 100 ވަނައަށް ވީދުވަހު އެކަން ފާހަގަކޮށް ސެޓިފިކެޓް ހަވާލުކޮށްފައެވެ.