ބޭންކް އޮފް މޯލްޑިވްސް(ބީއެމްއެލް) ގެ އިސްލާމިކް ކަސްޓަމަރުންނަށް އާ ޕްރޮމޯޝަނެއް ފަށައިފިއެވެ.
ބީއެމްއެލުން މިއަދު ފެށި މި ޕްރޮމޯޝަން ކުރިއަށްދާނީ އަންނަ މަހުގެ 22ގެ ނިޔަލަށެވެ.
މި ޕްރޮމޯޝަނާ ގުޅޭގޮތުން ބީއެމްއެލުން މިއަދު ބުނީ މި ޕްރޮމޯޝަން ކުރިޔަށްދާ މުއްދަތުގައި ބޭންކުގެ އިސްލާމިކް ފައިނޭންސިންގެ ޕްރޮޑަކްޓަކަށް އެދި ހުށަހަޅައިގެން އެޕްރޫވްވާ ކަސްޓަމަރުންގެ މެދުގައި ކޮންމެ ހަފުތާއަކު ގުރުއަތެއް ނަގާނެ ކަމަށެވެ.
އަދި އެ ވީކްލީ ލަކީޑްރޯއިން ހޮވޭ ކަސްޓަމަރަށް 3000 ރުފިޔާ ލިބޭނެ ކަމަށާއި އޭގެ އިތުރުން މި ޕްރޮމޯޝަން ނިމުމުން ގުރުއަތުން ހޮވޭ ގްރޭންޑް ވިނާއަށް 50،000 ރުފިޔާ ލިބޭނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.
މި ޕްރޮމޯޝަނާ ބެހޭ އިތުރު މައުލޫމާތު ބޭންކުގެ ވެބްސައިޓުން ލިބޭނެއެވެ. ބީއެމްއެލުން ވަނީ އިސްލާމިކް ފައިނޭންސިން ޕްރޮޑަކްޓްގެ މައުލޫމާތު ސާފުކޮށްދިނުމަށާއި ހިދުމަތަށް އެދި ހުށަހެޅެމަށް ކަސްޓަމަރުންނަށް މިއަދު އޯޕަންޑޭއެއްވެސް ބާއްވައިފައެވެ.
ޚަބަރު
ޚަބަރު