މިސްރުގައި މިޔަރެއް ފަތުރުވެރިޔަކަށް ހަމަލާދީ މަރާލާ ވީޑިއޯއެއް އާންމުވެއްޖެއެވެ.
މިސްރުގެ ހޫގަދާ ސިޓީގައި އޮންނަ ރިސޯޓެއްގައި ޗުއްޓީ ހޭދަކުރަމުންދިޔަ ރަޝިޔާގެ ފަތުރުވެރިޔަކަށް ހަމަލާދީފައިވަނީ ޓައިގާ ޝާކްއެކެވެ.
މިޔަރުގެ ހަމަލާ އަމާޒުވެފައިވަނީ އެމީހާ ފަތަމުން ދަނިކޮށެވެ. މިޔަރުގެ އެ ހަމަލާ ވަނީ އެ ވަގުތު ވީޑިއޯ ކުރަމުން ދިޔަ މީހެއްގެ ކެމެރާއަށް އަރާފައެވެ.
މިޔަރު ހަމަލާ ދިނުމާއެކު ސަލާމަތްވާން އޭނާ މަސައްކަތް ކުރާ މަންޒަރު ވީޑިއޯއިން ފެންނަމުން ދެއެވެ.
މިސްރުގެ އޮފިޝަލުން ވަނީ މިޔަރުގެ ހަމަލާއަށްފަހު އެސަރަހައްދުގެ 74 ކިލޯމީޓަރު ބަންދުކޮށްފައެވެ.
މިސްރުގެ ކަމާބެހޭ މިނިސްޓްރީ އިން ވަނީ އެހަމަލާދިން މިޔަރު އަތުލައިގަނެފައިވާ ކަމަށް ބުނެފައެވެ. އަދި އިތުރަށް ތަހުލީލު ކުރުމަށް ލެބޯޓްރީއަށް ގެންގޮސްފައިވާކަމަށް މައުލޫމާތު ދީފައިވެއެވެ.
މިސްރުގައި ހުންނަ ރަޝިޔާގެ ކޮންސުލޭޓުން ވަނީ މިޔަރުގެ ހަމަލާގައި މަރުވެފައިވަނީ އެގައުމުގެ ރައްޔިތެއްކަން ޔަގީން ކޮށްދީފައެވެ. ނަމަވެސް އެމީހާއާ ބެހޭ އިތުރު މައުލޫމާތެއް ހާމަކޮށްފައެއްނުވެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ