ރާއްޖޭގައި ފުރަތަމަ ފަހަރަށް "ސިވިލް ސޮސައިޓީ އެވޯޑްސް" ބާއްވައި 10 މަދަނީ ޖަމިއްޔާއަކަށް އެވޯޑް ދީފިއެވެ.
ސިވިލް ސޮސައިޓީ އެވޯޑްސްއަކީ ޖަމިއްޔާތަކުން ހިލޭ ސާބަހަށް ކުރާ ބުރަ އަދި މުހިންމު މަސައްކަތް ފާހަގަކޮށް، އެ ފަރާތްތަކަށް ހިތްވަރުދީ އަދި އަގުވަޒަން ކުރުމުގެ ގޮތުން ޔޫތް މިނިސްޓްރީން ތައާރަފު ކުރި އެވޯޑެކެވެ.
އެ އެވޯޑު ދިނުމަށް ސޯޝަލް ސެންޓަރުގައި މިރޭ ބޭއްވި ޖަލްސާގައި އެވޯޑް ލިބުނު ފަރާތްތަަކަށް އެވޯޑު ހަވާލުކޮށްދެއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އެ މަނިކުފާނުގެ އަނބިކަނބަލުން ފަޒުނާ އަހުމަދުއެވެ.
އެ އެވޯޑު ދީފައިވަނީ ކުރިމަތިލުމަށް ހުޅުވާލުމުން ކުރިމަތިލި ހަ ޖަމިއްޔާއަކަށް އަދި ސްޕެޝަލް ރެކޮގްނިޝަންް ޖަމިއްޔާގެ ގޮތުގައި ފާހަގަކޮށްލެވުނު ހަތަރު ޖަމިއްޔާއަކަށެވެ. އެވޯޑު ލިބުނު ޖަމިއްޔާތަކުގެ ތެރޭގައި 30 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ޖަމިއްޔާތަށްވެސް ހިމެނެއެވެ.
ސިވިލް ސޮސައިޓީ އެވޯޑްސް ލިބުނު ޖަމިއްޔާތަކުގެ ތެރޭގައި ތިމާވެށި ހިމާޔަތްކުރުމަށް މަސައްކަތް ކުރުމާއި ރަށު ތަރައްގީއަށް އެކި މަސައްކަތް ކުރުން، ތައުލީމީ ދާއިރާއަށް ހިދުމަތް ކުރުން އަދި އަންހެނުން ބާރުވެރިކުރަން މަސައްކަތްކުރާ ޖަމިއްޔާތައް ހިމެނެއެވެ.
- މިއްޔަތުއް ތައާވޫން (ޕެޝަލް ރެކޮގްނިޝަން އެވޯޑު)
- ޑޭލައިޓު ކްލަބު (ޕެޝަލް ރެކޮގްނިޝަން އެވޯޑު)
- ސްކައުޓު ޖަމިއްޔާ (ޕެޝަލް ރެކޮގްނިޝަން އެވޯޑު)
- މޯލްޑިވްސް ގާލް ގައިޑް އެސޯސިއޭޝަން (ޕެޝަލް ރެކޮގްނިޝަން އެވޯޑު)
- ހާއްސަ އެހީ - ކެއާ ސޮސައިޓީ
- ދިވެހިންގެ ސަގާފަތާއި ތަރިކަ ދިރުވުން - ދިވެހި ރާއްޖޭގެ ޅެންވެރިންގެ ޖަމިއްޔާ
- ތިމާވެށި ހިމާޔަތްކުރުން - ނައިފަރު ޖުވެނައިލް
- އަންހެނުންގެ ކުރިއެރުމާ ތަރައްގީ - ސަދަން ކޮމިއުނިޓީ އެމްޕަވާމެންޓު އޮފް މޯލްޑިވްސް (ސްކީމް)
- ތައުލީމީ - އިމަގު
- ސިއްހީ - އޭޖްޑް ކެއާ މޯލްޑިވްސް
ޚަބަރު
ޚަބަރު
ޚަބަރު