ރާއްޖެ އިމްޕޯޓް ކޮށްފައިވާ އިންޖެކްޝަނެއްގެ ބެޗަކުން ކޮލިޓީގެ މައްސަލަތަކެއް ފެނިފައިވާތީ، އެ ބެޗް ރާއްޖެ އެތެރެކުރުމަށާއި ވިއްކުން އަދި ބޭނުންކުރުން މަނާކޮށްފިއެވެ.
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބުނީ އެސިލޮކް (ރެނިޓިޑައިން އިނެޖެކްޝަން)ގެ ބެޗު ނަންބަރު RP21311 އިން ކޮލިޓީ މައްސަލައެއް ފެނިފައިވާ ކަމަށެވެ.
ރެނިޓިޑައިން އަކީ ގޭސްޓްރިކަށް ފަރުވާކުރަން ބޭނުންކުރާ އިންޖެކްޝަނެކެވެ.
އެމްއެފްޑީއޭއިން ވަނީ އެ ބެޗް އެއްވެސް ފާމަސީއެއް ނުވަތަ ސިއްހީ ހިދުމަތްދޭ ތަނެއްގައި ހުރި ނަމަ އެކަން އެ އޮތޯރިޓީގެ ނަންބަރު 7200321 އަށް ގުޅައި މައުލޫމާތު ހިއްސާކުރުން އެދޭ ކަމަށެވެ.
މީގެ އިތުރުން، ގޮތުން ބޭސް ސިޓީއަށް ބޭސް އެތެރެކުރާއިރު ހާއްސަ ސަމާލު ކަމެއް ދީގެން ޕޯޓްތަކުގައި ބަލައިފާސް ކުރަމުން ގެންދާނެ ކަމަށްވެސް ބުންޏެވެ
ޚަބަރު
ޚަބަރު
ޚަބަރު