މޯލްޑިވްސް މެރިން އިންޑަސްޓްރީ ފޯރަމް (އެމްއެމްއައިއެފް) ފަށައިފިއެވެ.
މި ފޯރަމް ފަށާފައިވަނީ ހޮޓެލް ޖެންގައި މިއަދުއެވެ. މި ފޯރަމްގައި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
އެއް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ އެމްއެމްއައިއެފްގެ މައިގަނޑު މަސްއޫލިއްޔަތަކީ މަޝްވަރާއަށް މަގުފަހިކުރުމާއި ގޮންޖެހުންތައް ހައްލުކޮށް، މުސްތަގުބަލުގައި މެރިން ސިނާއަތުގެ ކުރިއެރުމާއި ދެމެހެއްޓެނިވި ކަންކަމަށް މަގުފަހިކޮށްދިނުމެވެ.
އެގޮތުން މިއީ މަތީ ފެންވަރުގެ ނިންމުންތައް ނިންމާ ފަރާތްތަކާއި ސްޓޭކްހޯލްޑަރުންނާއި ވިޔަފާރިވެރިން އެއް ފުރާޅެއްގެ ދަށުން ބައްދަލުވާނެ ބޮޑު ހަރަކާތެކެވެ. ފޯރަމްގެ ތެރެއިން ކަނޑުގެ ސިނާއަތުގެ މައްސަލަތަކާ ގުޅޭ ތަފާތު ފަސް ޕެނަލް ޑިސްކަޝަން ކުރިއަށް ގެންދާނެއެވެ. މި ޕެނަލްތަކުގައި ބައިވެރިވެޑައިގަންނަވަނީ މި ސިނާއަތުގެ އެންމެ ފުންނާބު އުސް ފަރާތްތަކެވެ.
ނޭޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް) އާއި ބޯޓިން އެމްވީން އެންޑޯޒް ކޮށްފައިވާ މި ފޯރަމްގެ ޕްލެޓިނަމް ޕާޓްނަރަކީ އެސްޓީއޯއެވެ. ސިލްވާ ސްޕޮންސަރަކަށް ހަސަން މެރިން އިންޖިނިއަރިން ސޮލިއުޝަންސް ހަމަޖައްސާފައިވާ އިރު، ޕްރިންޓް ޕާޓްނަރަކަށް ހަމަޖައްސާފައިވަނީ އެމް7 ޕްރިންޓެވެ. އަދި ފޯރަމްގެ މީޑިއާ ޕާޓްނަރުންގެ ތެރޭގައި "ވަން އޮންލައިން" ހިމެނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު