ގއ. ދާންދޫ ޕޮލިސް ޓޭޝަންގައި ބަންދުކޮށްފައި ހުއްޓާ ފިލި މީހާ އަލުން ހައްޔަރުކޮށްފައެވެ.
މަސްތުވާތަކެތީގެ މައްސަލައެއްގައި ބަންދުކޮށްފައި ހުއްޓާ އެ މީހާ ފިލީ ރޭ ދަންވަރު 12:57 ހާއިރުއެވެ.
ދާންދޫން ވާހަކަ ދެއްކި މީހަކު "ވަން" އަށް މިއަދު ބުނީ ފިލައިގެން އުޅޭ މީހާއަކީ އެ ރަށަށް އުފަން 48 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި އޭނާއަކީ މަސްތުވާތަކެތީގެ މައްސަލަތަކުގައި މީގެ ކުރިންވެސް ތުހުމަތުކުރެވި ހައްޔަރު ކުރި މީހެއް ކަމަށެވެ.
ފުލުހުން މީގެ އިރުކޮޅެއް ކުރިން ބުނީ، އެ މީހާ ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. ނަމަވެސް އިތުރު އެއްވެސް ތަފުސީލެއް ނުދެއެވެ.
ދާންދޫ ކައުންސިލްގެ ރައީސް މުހައްމަދު އާސިފް "ވަން" އަށް މިއަދު ވިދާޅުވީ، އެ މީހާ ފެނުނީ ރަށުގެ ޖެޓީ ސަރަހައްދުގައި ހުންނަ އޮޑިހަރުގެއަކުން ކަމަށާއި އޭނާ އޮތީ އެތަނުގައި ބަންނަމުން އަންނަ ފައިބަރު ދޯންޏެއްގެ ތެރޭގައި ކަމަށެވެ.
މި މަހު ކުރީކޮޅު ރަސްދޫ ޕޮލިސް ސްޓޭޝަންގައި ހައްޔަރުކޮށްފައި ހުރި މީހަކުވެސް ފިލިއެވެ. ނަމަވެސް ރަސްދޫ ކައިރީގައި އޮންނަ ކުރަމަތި ރިސޯޓް މޫދުގައި ފަތާފައި ދަނިކޮށް ފުލުހުން ވަނީ އޭނާ ހައްޔަރުކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު