މަސް ދޯންޏަކުން ކަނޑަށް ވެއްޓުނު ބިދޭސީއަކަށް މިޔަރެއް ހަމަލާދީފިއެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި މިޔަރު ހަމަލާދީފައިވަނީ ގދ. ތިނަދޫ "ކަޅިރަވަ" ދޯނީގައި މަސައްކަތް ކުރާ ބިދޭސީ އަކަށެވެ.
"ކޫއްޑޫ ކައިރީގައި މިކަމެއް މި ހިނގީ. މިވީ ގޮތަކީ އޭނަ އެއްލައިގެން ހުރި ދޮށީގައި މިޔަރެއް ގަތީމަ އެއާ އެއްކޮށް މި ވެއްޓުނީ ކަނޑަށް" މައުލޫމާތު އެނގޭ މީހަކު "ވަން" އަށް ކިޔައިދިނެވެ.
އެނގިފައިވާ ގޮތުގައި އެ މީހާގެ ކަނާއަތަށް ވަނީ ވަރަށް ބޮޑެތި ޒަހަމްތަކެއް ލިބިފައެވެ. އަދި ފައިތިލައަށްވެސް ޒަހަމްތަކެއް ލިބިފައިވެއެވެ.
އެ ބިދޭސީ މީހާ މިހާރު ވަނީ ފަރުވާ ދިނުމަށް ގއ، ވިލިނގިލީގައި ހުންނަ އަތޮޅު ހޮސްޕިޓަލަށް ގެންގޮސްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު