ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އެހީގައި އދ. ފެންފުށި ޕްރީ ސްކޫލުގެ ޕާކު ތަރައްގީކޮށްފިއެވެ.
ބީއެމްއެލުން މިއަދު ބުނީ ފެންފުށި ޕްރީ ސްކޫލުގެ ޕާކު ތަރައްގީކޮށްފައިވަނީ ކޮމިއުނިޓީ ފަންޑުގެ ދަށުން ކަމަށާއި އެ ޕާކު ތަރައްގީކުރުމުގެ ޕްރޮޖެކްޓު ކުރިއަށް ގެންގޮސްފައިވަނީ ފެންފުށީގައި ހިންގަމުންދާ ޖަމިއްޔާއެއް ކަމަށްވާ ފެންފުށި ޒުވާނުންގެ ދިރުމުގެ ފަރާތުން ކަމަށެވެ.
ފެންފުށި ޕްރީ ސްކޫލުގެ ޕާކު މިހާރު ވަނީ ސްކޫލު ކުދިންނަށާއި އާންމުންނަށް ހުޅުވާލައިފައެވެ.
ފެންފުށި ޒުވާނުންގެ ދިރުމުގެ ފަރާތުން ޖަމިއްޔާގެ ރައީސް އަހުމަދު އަބްދުލް މުހުސިން ވިދާޅުވީ ފެންފުށްޓަކީ ކުޑަކުދިންގެ ޕާކެއް ނެތް ރަށެއް ކަމަށާއި، ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑުގެ ދަށުން ކުރިއަށްގެންދިޔަ ޕާކު ތަރައްގީކުރުމުގެ ޕްރޮޖެކްޓުގެ މަގުސަދަކީ ހިތްހަމަޖެހުމާއި އުފަލުގެ ތެރެއިން އެކުވެރި ބަދަހި އާއިލާތަކެއް އުފައްދާ އެއްބައިވަންތަ މުޖުތަމައެއް ބިނާކުރުން ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު