ކުޑަކުދިންގެ ދުވަހާ ގުޅުވައިގެން އެސްޓީއޯއިން ހާއްސަ ހަރަކާތްތަކެއް މިއަދު ބާއްވަން ނިންމައިފިއެވެ.
އެ ހަރަކާތް ކުރިއަށް ދާނީ މިއަދު ހަވީރު 4 އިން 6 އަށް އެސްޓީއޯ ޕީޕަލްސް ޗޮއިސްގަ އެވެ.
އެސްޓީއޯއިން މިއަދު ބުނީ، އެ ހަރަކާތުގައި ކުޑަކުދިންގެ މެދުގައި މަގުބޫލު ރޮބޯމޭން ބައިވެރިވާއިރު، ހަރަކާތުގައި ބައިވެރިވާ ކޮންމެ ކުއްޖަކަށްވެސް ހަދިޔާއެއް ލިބޭނެ ކަމަށެވެ. އޭގެ އިތުރުން ހަރަކާތުގައި ބައިވެރިވާ 20 ކުއްޖަކަށް ވިޒިޓް އެންޑް ވިން ޕީކަބޫގެ ގިފްޓް ވައުޗާއެއްވެސް ލިބޭނެ ކަމަށް ބުންޏެވެ.
ތިންސަތޭކަ ރުފިޔާގެ އެ ވައުޗާއިން ޕީކަބޫގެ ކޮންމެ ފިހަރާއަކުންވެސް ބޭނުން ކުރެވޭނެއެވެ.
އެސްޓީއޯއިން ބުނީ، އެ ހަރަކާތުގައި ލީސިން ޕާޓްނާސްގެ ފަރާތުން ހިލޭ ރަހަ ބަލައިލުމުގެ ފުރުސަތާއި ހަދިޔާ އަދި ކުޅިވަރު ހަރަކާތްތައް ކުރިއަށްދާނެ ކަމަށެވެ. ހަރަކާތުގެ ތެރެއިން ޕޮއިސްއިން ކުޑަކުދިންގެ ސެންޓު ގަތުމުން ހަދިޔާ ލިބޭނެ ކަމަށް ވެސް އެސްޓީއޯއިން ބުނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު