މި އަހަރުގެ ކުޑަކުދިންގެ ދުވަސް ސްކޫލުތަކުގައި ކުލަ ގަދަ ގޮތެއްގައި ފާހަގަކޮށްފިއެވެ.

ކުޑަކުދިންގެ ދުވަހަކީ ކޮންމެ އަހަރެއްގެވެސް މެއި މަހުގެ ދިހަ ވަނަ ދުވަހެވެ.

މި އަހަރުގެ ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މާލެއާއި އަތޮޅުތެރޭގެ ސްކޫލުތަކުގައި ވަނީ ގިނަ ހަރަކާތްތަކެއް ރާވައި ކުރިޔަށް ގެންގޮސްފައެވެ. އެގޮތުން މާލޭގެ ބައެއް ސްކޫލުތަކުގައި އެކިއެކި ކޮސްޓިއުމް ލައިގެން ސްކޫލަށް ދިއުމާއި ކުޑަކުދިންނަށް އަމާޒުކޮށްގެން އެކިއެކި ކުޅިވަރުތަކާއި ހަދިޔާ ދިނުމުގެ ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވެއެވެ.

ކުޑަކުދިންގެ ދުވަހުގެ ތަހުނިޔާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުވެސް ވަނީ ފޮނުއްވައިފައެވެ.

އެގޮތުން އެމަނިކުފާނު ދެއްވި ހިތޯބުގައި ވިދާޅުވީ، ކުޑަކުދިންގެ ދުވަހެއް ފާހަގަކުރުމުގެ މައިގަނޑު ބޭނުމަކީ ކުޑަ ކުއްޖެއްގެ އުމުރުފުރާގައި ކޮންމެ އިންސާނަކަށް ލިބެން ޖެހޭ އަޅައިލުމާއި ލޯތްބާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ގައުމީ ފެންވަރުގައި މަސައްކަތްކޮށް، އެކަމަށް އާއްމު ރައްޔިތުން ހޭލުންތެރި ކުރުން ކަމަށެވެ.