ހދ. ނޮޅިވަރަމް ސްކޫލްގައި އިސްލާމް މާއްދާ ކިޔަވައިދޭ ޓީޗަރު މަސްތުވާތަކެއްޗާ އެކު ހައްޔަރުކޮށްފިއެވެ.
ނޮޅިވަރަމް ކައުންސިލްގެ ރައީސް ޔޫސުފް މޫސާ މިއަދު 'ވަން' އަށް ވިދާޅުވީ، ރަށު ސްކޫލުގައި ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރާތާ ގާތްގަނޑަކަށް 10 އަހަރުވެފައިވާ ނާއިޒް އިބްރާހިމް ހައްޔަރުކުރީ އިއްޔެ މެންދުރު ފަހުގެ ވަގުތެއްގައި ހދ. ކުޅުދުއްފުށިން ރަށަށް އައުމުން ކަމަށެވެ. އަދި އޭނާގެ އަތުން މަސްތުވާތަކެތި ފެނުނު ކަމަށްވެސް ވިދާޅުވިއެވެ.
ޔޫސުފް ވިދާޅުވި ގޮތުގައި، ނާއިޒްއާ މަސްތުވާތަކެއްޗާ ގުޅުމެއް އޮންނަ ކަމަށް ތުހުމަތުކޮށް އަބަދުވެސް ރަށު ތެރޭގައި ވާހަކަ ދައްކައެވެ. ނަމަވެސް އެފަދަ މައްސަލައެއްގައި އޭނާ މީގެ ކުރީން ހައްޔަރުކުރި ކަމެއް ނޭނގޭ ކަމަށް ވިދާޅުވިއެވެ.
މިކަމާ ގުޅިގެން ފުލުހުންގެ ބަހެއް އަދި ނުލިބެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު