މ މުލީގައި ސަރުކާރުން ތަރައްގީކުރަމުން އަންނަ އެއާޕޯޓްގެ ރަންވޭގެ އެގްރިގޭޓް ބޭސް ކޯސް (އޭބީސީ) އެޅުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ.

މުލީ އެއާޕޯޓް ތަރައްގީކުރުމަށް ހަވާލުކޮށްފައިވާ ކުންފުނި، އެމްޓީސީސީން މިއަދު ބުނީ އެއާޕޯޓުގެ އަލިފާން އިމާރާތުގެ 90 ޕަސެންޓް މަސައްކަތްވެސް މިހާރު ނިމިފައިވާ ކަމަށެވެ.

މުލީގައި އެއާޕޯޓެއް ހަދަން ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކުރީ 28 ފެބްރުއަރީ 2021 ގައެވެ. ޖުމުލަ 230 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހަދާ މި އެއާޕޯޓަކީ އެ އަތޮޅުގައި ހަދާ ފުރަތަމަ އެއާޕޯޓެވެ.

މުލީ އެއާޕޯޓް ހަދަނީ އެ ރަށުގެ އިރުދެކުނު ފަރާތުން 2018 ވަނަ އަހަރު ހިއްކާފައިވާ 40 ހެކްޓަރުގެ ބިމާއި އެއާ އިންވެގެން ބިމެއް ހިއްކައިގެންނެވެ.

މުލީ އެއާޕޯޓް މަޝްރޫއުގެ ދަށުން 14 ހެކްޓަރުގެ ބިންހިއްކުމާއި 1812 މީޓަރުގެ ސަރަހައްދެއްގައި ގޮނޑުދޮށް ހިމާޔަތް ކުރުމާއި 1200 މީޓަރު ދިގު 30 މީޓަރު ފުޅާ ރަންވޭއެއް ގާއިމުކުރުމާއި ޓެކްސީވޭއަކާއި އޭޕްރަންއެއް ގާއިމުކުރުމުގެ މަސައްކަތް ކުރާނެއެވެ.