މިފަހަރުގެ ފިތުރު އީދު ނަމާދު ވެސް އޮންނާނީ ބޮޑު ޖަމާއަތުގައި ކަމަށް އިސްލާމިކު މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން ބުނީ މާލޭ ސަރަހައްދުގެ ހަތް ތަނެއްގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރުން އޮންނާނެ ކަމަށެވެ.
- މާފަންނު ސްޓޭޑިއަމް
- އިސްލާމީ މަރުކަޒު މައިދާން
- މަސްޖިދު މަލިކި ސަލްމާންގެ މާބްލް ސަރަހައްދު
- ހުޅުމާލެ ފޭސް 1 ހުޅުމާލެ ސިންތެޓިކް ޓްރެކް ސަރަހައްދު
- ހުޅުމާލެ ފޭސް 2 ކްރިކެޓް ސްޓޭޑިއަމް (އެޗް 16 އާދިމާލަށް އޮންނަ ސަރަހައްދު)
- ވިލިމާލެ ބޯޅަ ދަނޑު
އީދު ނަމާދަށް ދާ ފަރާތްތަކުން ސަމާލުކަންދޭންވީ ކަންތައްތައްވެސް މިނިސްޓްރީން ވަނީ އާއްމުކޮށްފައެވެ. އެގޮތުން ކޮންމެ ބޭފުޅަކުވެސް ގެއިން ވުލޫކޮށްގެން ނުކުތުމާއި އަމިއްލަ މުސައްލައެއް ގެންދިއުމަށާއި އަމިއްލަ ފެންފުޅިއެއް ގެންދިއުމުގެ އިތުރުން ފައިވާން ލާނެ ޕްލާސްޓިކު ނޫން ކޮތަޅެއް ގެންދިއުމަށްވެސް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.
އިސްލާމިކު މިނިސްޓްރީން ބުނީ ޝައްވާލުމަހުގެ ހަނދު ސާބިތުކުރުމުގެ ޖަލްސާ މިރޭ އޮންނާނެ ކަމަށެވެ.
މިރޭ 8:45ގައި އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ބާއްވަން މި ޖަލްސާގައި ހަނދާބެހޭ ގޮތުން ނިންމާ ނިންމުން އިއުލާންކުރާއިރު ޓީވީ/ ރޭޑިއޯއިން ލައިވްކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިނިސްޓްރީގެ ފޭސްބުކް ޕޭޖުންވެސް ލައިވްކުރާނެއެވެ.
ޝައްވާލުމަހުގެ ހަނދު ސާބިތުކުރުމަށްޓަކައި ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ހަނދުބެލުން އޮންނާނެއެވެ. ހަނދު ސާބިތުކުރުމަށްޓަކައި ހަނދު ދުށް މީހަކު ނުވަތަ ބަޔަކު ހެކިބަސް ދިނުމަށް ހަމަޖެހިފައިވަނީ އެރަށެއްގެ މެޖިސްޓްރޭޓް ކޯޓުގައެވެ.
ބޭރުގައުމަކަށް ހަނދު ފެނިއްޖެނަމަ އެ މައުލޫމާތު ހިއްސާކުރާނީ ފޮރިން މިނިސްޓްރީންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު