މި އަހަރުގެ ރޯދަމަހުގެ ފުރަތަމަ 25 ދުވަހުގެ ތެރޭ ފިތުރު ޒަކާތުގެ ގޮތުގައި 6.1 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ވަނީ ފާއިތުވި ތިން އަހަރު ފިތުރު ޒަކާތް ލިބުނު މިންވަރުގެ ތަފާސްހިސާބު އާންމުކޮށްފައެވެ.

އެ ތަފާސްހިސާބުގައިވާ ގޮތުން މިދިޔަ އަހަރުގެ ރޯދަމަހުގެ ފުރަތަމަ 25 ދުވަހު ފިތުރު ޒަކާތުގެ ގޮތުގައި ލިބިފައިވަނީ 5.9 މިލިއަން ރުފިޔާއެވެ. 2021 ވަނަ އަހަރުގެ އެ މުއްދަތުގައި 5.3 މިލިއަން ރުފިޔާ ލިބިފައިވާއިރު، 2020 ވަނަ އަހަރުގެ އެ މުއްދަތުގައި ލިބިފައިވަނީ 5.9 މިލިއަން ރުފިޔާއެވެ.

އިސްލާމިކް މިނިސްޓްރީން ކުރިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުގައިވާ ގޮތުން މި އަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދިހައިގައި ވަނީ 1.3 މިލިއަން ފިތުރު ޒަކާތުގެ ގޮތުގައި ލިބިފައެވެ.

އެ އަދަދަކީ މިދިޔަ އަހަރު އެ މުއްދަތުގައި ލިބުނު އަދަދަށްވުރެ ތިން ލައްކަ ރުފިޔާ އިތުރު އަދަދެކެވެ. މިދިޔަ އަހަރުގައި ރޯދަމަހުގެ ފުރަތަމަ 10 ދުވަހު ފިތުރު ޒަކާތުގެ ގޮތުގައި ލިބުނީ އެއް މިލިއަން ރުފިޔާއެވެ.