ތ. ވޭމަންޑޫ އާއި ތ. ކިނބިދޫ ގުޅާލާ ކޯޒްވޭ އެޅުމުގެ މަޝްރޫއުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް އެންމެ ބޮޑު ގޮންޖެހުމަކަށް ވެފައި އޮތީ އެ ޕްރޮޖެކްޓުގެ އަގު ބޮޑުވުން ކަމަށާއި، އެ ޕްރޮޖެކްޓަށް ގެނައި ބަދަލާއެކު މިހާރު އަގު ކުޑަ ކުރެވިފައިވާ ކަމަަށް މިނިސްޓާ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ކޯޒްވޭގެ މަސައްކަތްތަކާ ބެހޭގޮތުން ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ، "އެންމެ ބޮޑު ގޮންޖެހުމަކަށް ވެފައިވަނީ މަޝްރޫއުގެ އަގު ބޮޑުވުން، 500 މިލިއަނަށްވުރެން އަގު ބޮޑުކޮށް އޮވެގެން. އެހެންވެ މަސައްކަތްކުރީ ކޮބައިތޯ އަޅުގަނޑުމެންނަށް ވެލިއު އިންޖިނިއަރިން ހަދައިގެން މަސައްކަތް ތަންކޮޅެއް ކުޑަ އަގެއްގައި ރެވޭނެގޮތެއް،"
އެގޮތަށް މަސައްކަތްކޮށް، ކޯޒްވޭގެ ޑިޒައިނަށް މިހާރު ބަދަލުތަކެއް ގެނެސްފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
"އެހެންވީމަ އަޅުގަނޑުމެން މިހާރު މިވަނީ، އެލާ އާއި ވޭމަންޑުއާ ދޭތެރޭގައި 150 މީޓަރުގެ ހަތަރު ބްރިޖް ސެކްޝަން އަދި ތިން އައިލެންޑް ސެކްޝަން ލާފަ ހަމަ އެގޮތަށް އެލާ އާއި ކިނބިދޫއާ ދޭތެރޭގައި އެއް ބްރިޖު ސެކްޝަން، ދެން ދެ އައިލެންޑް ސެކްޝަން ލާފަ. ރެކްލަރޭޝަނެއްވެސް މީގެ ތެރެއަށް ގެނަސްފައި މިހެން ހެދީމަ އަޅުގަނޑުމެންނަށް މިހާރު މި ކޯޒްވޭއަށްދާ އަގު އަޅުގަނޑުމެންނަށް އެބަ ތިރިިކުރެވޭ ގާތްގަނޑަކަށް 40 ޕަސެންޓުން،"
އެ ޕްރޮޖެކްޓްގެ ދަށުން މިހާރު ކުރަމުންދާ މަސައްކަތަކީ އެގޮތަށް ބަދަލު ގެނައުމުން ތިލަ ފަޅުމަތިން ދެމޭ އޮއިވަރަށް އަންނާނެ ބަދަލުތައް ބެލުން ކަމަށްވެސް ވިދާޅުވިއެވެ.
"ހައިޑްރޯޑައިނަމައިޓް މޮޑެލްއެއް ހެދުމުގެ މަސައްކަތް އަޅުގަނޑުމެން ކުރިއަށް އެބަގެންދަން، އެ ހަދަންޖެހޭ ސަބަބަކީ އުދަ އަރާ ދުވަސްވަރު މިގޮތަށް ބަންދުކޮށްލީމަ ރާއްޖޭގެ އެހެން ރަށްރަށުގައިވެސް އަޅުގަނޑުމެންނަށް އެބަހުރި ތަޖުރިބާ ކުރެވިފަ ރަށް ފްލަޑްވާކަން، އެހެންވީމަ މިހާރު އެކީގައި ބަންދުކޮށްނުލި ނަމަވެސް ކޮންމެވެސް މިންވަރަކަށް އަޅުގަނޑުމެން އައިލެންޑްތައް ހަދައިފަ ބްލޮކް ކޮށްލެވުނީމަ އެދިމާވާ މައްސަލަތަކަކީ ކޮބައިތޯ ބަލައި ދިރާސާކޮށްލާނެ،"
ޚަބަރު
ޚަބަރު
ޚަބަރު