ޔޫތް މިނިސްޓްރީން ކުރިއަށް ގެންދާ ގައުމީ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން އެސްޓީއޯ އިން ދޭ 20 ފުރުސަތަށް ހުޅުވާލައިފިއެވެ.

ހަ މަހުގެ މުއްދަތަކަށް ކުރިއަށް ގެންދާ އެ ތަމްރީން ޕްރޮގްރާމަށް ހޮވޭ ކޮންމެ ބައިވެރިއަކަށް މަހު އެލަވަންސެއްގެ ގޮތުގައި އެސްޓީއޯ އިން 7000 ރުފިޔާ ދޭނެއެވެ. އަދި ޕްރޮގްރާމް ފުރިހަމަ ކުރާ ކޮންމެ ބައިވެރިއަކަށް ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް ތިނެއްގެ ސެޓުފިކެޓެއް ލިބޭއިރު ގްރެޖުއޭޓްވާ ކޮންމެ މީހަކަށް އެސްޓީއޯ އިން ވަޒީފާ ޔަގީންވާނެއެވެ.

  • ރެފްރިޖެރޭޝަން އެންޑު އޭސީ މެކޭނިކް: 5 ޖާގަ
  • ރީޓެއިލް ސާވިސަސް: 6 ޖާގަ
  • އިލެކްޓުރީޝަނުން: 4 ޖާގަ
  • އޮޓޯމޯޓިވް މެއިންޓެނެންސް މެކޭނިކް: 5 ޖާގަ

ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ އެންމެ ފަހު ތާރީހަކީ މި މަހުގެ 30 އެވެ. މިނިސްޓަރީން އާންމުކޮށްފައިވާ ގޫގުލް ފޯމު ފުރާލުމުން ޕުރޮގުރާމުގައި ބައިވެރިވުމަށް އެދި ހުށަހެޅޭނެއެވެ.