ޗަމްޕާ ބްރަދާސްގެ ފަރާތުން ރައްޔިތުންނަށް ހަދިޔާކޮށްފައިވާ ކާށީގެ ތެރެއިން 400 އަށްވުރެ ގިނަ ކާށި ބަހާފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.

ސިޓީ ކައުންސިލުން އިއްޔެ ބުނީ ކޮންމެ މީހަކަށްވެސް ދެނީ ފަސް ކާށީގެ ޕެކެއް ކަމަށާއި އިއްޔެއިން ފެށިގެން އާދިއްތަ ދުވަހާ ހަމައަށް ކާށި ބަހަން ހަމަޖެހިފައިވަނީ އިސްލާމިކް މިނިސްޓްރީގެ ދަފްތަރުގައި ފަގީރުންގެ ގޮތުގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް ކަމަށެވެ. އޭގެ ތެރެއިން އިއްޔެ ވަނީ ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ތެރެއިން 16 ފަރާތަކަށް 80 ކާށި ބަހާފައި ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.

ސިޓީ ކައުންސިލުން ބުނީ ދަފްތަރުގައި ފަގީރުންގެ ގޮތުގައި ރަޒިސްޓްރީވެފައިވާ ފަރާތްތަކުގެ އިތުރުން ގޭބީސީތަކަށް ކާށި ބެހުމުގެ ތެރެއިން 67 ފަރާތަކަށް 335 ކާށި ދޫކޮށްފައިވާނެ ކަމަށާއި އެއީ މުޅި ޖުމުލަ 415 ކާށި ކަމަށެވެ.

ކުރިން މާލެ ސިޓީ ކައުންސިލުން ނިންމާފައިވަނީ ފުރަތަމަ ފަސް ދުވަހު ހަމައެކަނި ދަފުތަރުގައި ރަޖިސްޓަރީވެފައިވާ ފަގީރުންނަށް 17 އޭޕްރިލުން ފެށިގެން ކާށި ބަހަން ހަމަޖައްސާއިވަނީ ދިވެހި ކޮންމެ ރައްޔިތަކަށެވެ.ނަމަވެސް އިއްޔެވަނީ 5000 ކާށި ފަގީރުންނަށް ހާއްސަކުރުމަށްފަހު މާލެ ސިޓީގައި އުޅޭ ދިވެހި ރައްޔިތުންނަށްވެސް ކާށި ބަހަން ފަށާފައެވެ.

ސިޓީ ކައުންސިލުން ބުނީ ކާށި ބަލައި (ތައިސޭކޮށި / ބޮޑުތަކުރުފާނުމަގު) އަށް ދާއިރު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހިފައިގެން ދިއުމަށެވެ. އަދި ކާށި ބެހުން އޮންނާނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 09:30 އިން 13:30 އަށް އަދި ރޭގަނޑު 21:30 އިން 23:30އަށް ކަމަށެވެ.

ޗަމްޕާ ބްރަދާސްގެ ފަރާތުން ރައްޔިތުންނަށް ހަދިޔާ ކޮށްފައިވަނީ 30000 ކާށްޓެވެ. މި ކާށިތައް މާލެ ސިޓީ ކައުންސިލަށް ލިބުނީ 10 އޭޕްރިލްގައެވެ.