މިއަދަކީ ރޯދަ މަހުގެ 18 ވަނަ ދުވަހެވެ. މަސް މާރުކޭޓުގައި ތަފާތު ވައްތަރުގެ ކަނޑުމަހާއި ފަރުމަސް ލިބެން ހުރި ނަމަވެސް މަހުގެ އަގުތަކަށް ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް އައިސްފައިވާކަން ފާހަގަކުރެވެއެވެ. މާރުކޭޓުން ވާހަކަދެއްކި މީހަކު ބުނި ގޮތުގައި މިދުވަސްވަރު ކަނޑުމަސް ލިބުން ވަނީ މަދުވެފައެވެ.

މާރުކޭޓު ސަރަހައްދުން ދިމާވި މަސްވެރިންނާ ވާހަކަދައްކާލުމުން އެނގުނީ މިދުވަސްވަރު މެދުރާއްޖެތެރޭގައި މަސްވެރިކަން އެހާ ތިޔާގި ނޫންކަމެވެ. އަދި ކުރިއަށްއޮތް ދުވަސްވަރުވެސް ދަށަށް ދިއުން އެކަށީގެންވާ ކަމަށް ބުންޏެވެ.

މަސްވެރިކަން ދަށް ނަމަވެސް މިއަދު މާރުކޭޓުގައި އެންމެ ރަނގަޅު އަދަދަކަށް ކަނޑުމަސް އެބަހުއްޓެވެ. 20ރ ގެ ރޭޓުން ރާގޮނޑިއެއް ލިބެންހުރި ނަމަވެސް ކަނޑުމަސް ކިލޯއެއް މިއަދު އުޅެނީ 30-35 އާ ދެމެދުއެވެ. ގޮދާ ކިލޯއެއް 35ރ އަށް ހުރި އިރު، ކަންނެލި ކިލޯއެއްވެސް ލިބެންހުރީ 30 ރުފިޔާއަށެވެ. މިދިޔަ ހަފުތާގައި މިތަކެތީގެ އަގު އުޅުނީ ކިލޯއެއް 28ރ ގެ ރޭޓުގައެވެ.

  • ކަނޑުމަސް: 30-35 ރުފިޔާއަށް ކިލޯއެއް
  • ކަންނެލި: 30 ރުފިޔާއަށް ކިލޯއެއް
  • ގޮދާ: 35 ރުފިޔާއަށް ކިލޯއެއް
  • ރާގޮނޑި: 20 ރުފިޔާއަށް މަހެއް
  • މާނިޔަ މަސް: 50-70 ރުފިޔާއަށް މަހެއް
  • ހަންޖެއް: 70-300 ރުފިޔާއަށް
  • މުށިމަސް: 20 ރުފިޔާއަށް 3 މަސް
  • ދޮންމަސް: 20 ރުފިޔާއަށް 3 މަސް
  • ރިތް މަސް: 20 ރުފިޔާއަށް 5 މަސް
  • ރަތް މަސް: 100-300 ރުފިޔާއަށް
  • ފިލޮޅު: 40-70 ރުފިޔާއަށް
  • ގިނި މަސް: 40 ރުފިޔާއަށް މަހެއް
  • ގިއުޅު: 70-100 ރުފިޔާއަށް
  • މެދު ސައިޒުގެ ތޮޅިއެއް 40-65 ރުފިޔާއަށް
  • ބަތްޕޮޅިމަހެއް 80-100 ރުފިޔާއަށް
  • ހިބަރު: 800 ރުފިޔާއަށް