ތ. ބުރުނި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ދަށުން، މަސައްކަތުގެ 64 ޕަސެންޓު މިހާރު ނިންމާލެވިފައިވާ ކަމަށް އެ މަޝްރޫއު ކުރިއަށްގެންދާ އެމްޓީސީސީން ބުނެފިއެވެ.
ހައުސިން އެންޑް އިންފްރާންސްޓްރަކްޗާ މިނިސްޓްރީގެ ފަރާތުން މިދިޔަ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު އެމްޓީސީސީއާ ހަވާލުކުރި މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައެވެ.
މަޝްރޫއުގެ މަސައްކަތް ކުރިއަށްދާ ގޮތާ ގުޅޭގޮތުން އެމްޓީސީސީން މިއަދު ބުނީ ބުރުނީގެ ގިރާ ސަރަހައްދަށް ވެލި އެޅުމުގެ މަސައްކަތް މިހާރު އެއްކޮށް ނިމިފައިވާ ކަމަށެވެ. އަދި ބޭރުތޮށި ލުމުގެ މަސައްކަތުގެ 54 ޕަސެންޓު މަސައްކަތްވެސް ނިމިފައިވާ ކަމަށް ބުންޏެވެ.
ޖުމުލަ 28.8 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ ދަށުން ބުރުނީގެ ރަށް ގިރުމުގެ މައްސަލަ ހައްލުކުރުމަށްޓަކައި 21,181.80 ކިއުބިކް މީޓަރުގެ ވެލި، ގިރާ ސަރަހައްދަށް އެޅުމާއި 369 މީޓަރުގެ ބޭރުތޮށި ލުމާއި 220 މީޓަރުގެ ރިވެޓްމަންޓް ގާއިމުކޮށް ބީޗް ރިޕްލެނިޝްކުރުން ހިމެނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު