މިއަދަކީ ރޯދަ މަހުގެ 14ވަނަ ދުވަހެވެ. މަސް މާރުކޭޓުގައި މިއަދުވެސް ތަފާތު ވައްތަރުގެ ކަނޑުމަހާއި ފަރުމަސް ލިބެން އެބަހުއްޓެވެ. އަގުތައްވެސް ހުރީ ދާދި އެއްވަރެއްގައެވެ.

މަސް މާރުކޭޓުގައި މިއަދު އެންމެ ގިނައިން ލިބެން ހުރީ ކަނޑުމަހާއި ކަންނެއްޔެވެ. ކަނޑުމަސް ކިލޯއެއް އިއްޔެ ލިބެންހުރީ 28 ރުފިޔާއަށެވެ. ކަންނެލި ކިލޯއެއް ލިބެންހުރީ 30 ރުފިޔާއަށެވެ. ނަމަވެސް މާރުކޭޓުގައި މިއަދު ކަނޑުމަސް ކިލޯއެއް ލިބެން ހުރީ 25-30 ރުފިޔާއާ ދެމެދުގެ އަގުތަކެއްގައެވެ. ކަންނެލި ކިލޯއެއް މިއަދު ލިބެން ހުރީ 30-35 ރުފިޔާއާ ދެމެދުގެ އަގުތަކެއްގައެވެ.

  • ކަނޑުމަސް (ކަޅުބިލަމަސް): 25-30 ރުފިޔާއަށް ކިލޯއެއް
  • ކަންނެލި: 30-35 ރުފިޔާއަށް ކިލޯއެއް
  • ގޮދާ: 30 ރުފިޔާއަށް ކިލޯއެއް
  • މާނިޔަ މަސް: 50-80 ރުފިޔާއަށް މަހެއް
  • ހަންޖެއް: 75-320 ރުފިޔާއަށް
  • މުށިމަސް: 20 ރުފިޔާއަށް ދިހަ މަސް
  • ދޮންމަސް: 20 ރުފިޔާއަށް ދިހަ މަސް
  • ރިތް މަސް: 20 ރުފިޔާއަށް 40 މަސް
  • ރަތް މަސް: 75-350 ރުފިޔާއަށް
  • ރެހި ޖޯޑެއް: ދިހަ ރުފިޔާ
  • މެދު ސައިޒުގެ ފިލޮޅެއް: 65 ރުފިޔާއަށް
  • މެދު ސައިޒުގެ ފާނައެއް: 50-70 ރުފިޔާއަށް
  • މެދު ސައިޒުގެ ތޮޅިއެއް 40-60 ރުފިޔާއަށް.