މިއަދަކީ ރޯދަ މަހުގެ 13 ވަނަ ދުވަހެވެ. މަސް މާރުކޭޓުގައި މިއަދުވެސް ތަފާތު ވައްތަރުގެ ކަނޑުމަހާއި ފަރުމަސް ލިބެން އެބަހުއްޓެވެ. އަގުތައްވެސް ހުރީ ދާދި އެއްވަރެއްގައެވެ.

މަސް މާރުކޭޓުގައި މިއަދު އެންމެ ގިނައިން ލިބެން ހުރީ ކަނޑުމަހާއި ކަންނެއްޔެވެ. ކަނޑުމަސް ކިލޯއެއް 28 ރުފިޔާއަށް ހުރިއިރު ކަންނެލި ކިލޯއެއް މިއަދުވެސް އުޅެނީ 30 ރުފިޔާއަށެވެ.

ފަރުމަހުގެ ބާވަތްތަކަށް ބަލާއިރު، މިއަދު ގިނަ އަދަދަކަށް ރަތް މަސް ލިބެން އެބަހުއްޓެވެ. އެކި ސައިޒުގެ ރަތްމަސް ލިބެން ހުރިއިރު ކުޑަވަރުގެ ރަތްމަހެއް އުޅެނީ 75 ރުފިޔާއަށެވެ. މެދު ސައިޒުގެ ރަތްމަހެއް 150-200 ރުފިޔާއާ ދެމެދުގެ އަގުތަކެއްގައި ހުރިއިރު ބޮޑު ރަތްމަހެއް އުޅެނީ 250-350 ރުފިޔާއާ ދެމެދުގެ އަގުތަކެއްގައެވެ.

މަސް މާރުކޭޓުން މިއަދު ބޯވަވެސް ލިބެން އެބަހުއްޓެވެ. ތާޒާ ބޯވައެއް އުޅެނީ އެއްޗެއް 150-180 ރުފިޔާއަށެވެ.

  • ކަނޑުމަސް: 28 ރުފިޔާއަށް ކިލޯއެއް
  • ކަންނެލި: 30 ރުފިޔާއަށް ކިލޯއެއް
  • ގޮދާ: 30 ރުފިޔާއަށް ކިލޯއެއް
  • މާނިޔަ މަސް: 50-80 ރުފިޔާއަށް މަހެއް
  • ހަންޖެއް: 75-300 ރުފިޔާއަށް
  • މުށިމަސް: 20 ރުފިޔާއަށް ފަސް މަސް
  • ދޮންމަސް: 20 ރުފިޔާއަށް ފަސް މަސް
  • ރިތް މަސް: 20 ރުފިޔާއަށް 40 މަސް
  • ރަތް މަސް: 75-400 ރުފިޔާއަށް
  • ރެހި ޖޯޑެއް: ދިހަ ރުފިޔާ
  • މެދު ސައިޒުގެ ފިލޮޅެއް: 60ރުފިޔާއަށް
  • މެދު ސައިޒުގެ ފާނައެއް: 65 ރުފިޔާއަށް
  • މެދު ސައިޒުގެ ތޮޅިއެއް 40 ރުފިޔާއަށް.
  • ބޯވައެއް- 150-180 ރުފިޔާއަށް.