މިއަދަކީ މި އަހަރުގެ ރޯދަމަހުގެ 13 ވަނަ ދުވަހެވެ. ބާޒާރުގައި މިއަދުވެސް ގިނަ ބާވަތްތަކެއް ލިބެން ހުރި އިރު، މިއަދުވެސް އެންމެ ގިނައިން ފެންނަން ހުރީ އެކި ކަހަލަ ފަނިގިރާ ބާވަތްތަކެވެ.

ބާޒާރުގައި ތޮއްޑޫ ކަރާ ކިލޯއެއް މިއަދުވެސް ލިބެން ހުރީ 20-25 ރުފިޔާއަށެވެ. ބާޒާރުގައި ފުވައްމުލަކު އަނބު ގިނަ އަދަދަކަށް ހުރި އިރު، އަނބު ކިލޯއެއް އުޅެނީ 80-90 ރުފިޔާއާ ދެމެދުގެ އަގުތަކެއްގައެވެ. ކުރުނބައެއް ހުރީ 20-40 ރުފިޔާއާ ދެމެދުގެ އަގުތަކެއްގައެވެ.

"ވަން"އާ ވާހަކަ ދެއްކި ވިޔަފާރިވެރިޔަކު ބުނި ގޮތުގައި ތޮއްޑޫން ކަރާ ގިނައިން ލިބޭއިރު، އެއާ އެއްވަރަށް ވިޔަފާރިއެއް ނުވެއެވެ. އެކަމުގެ ސަބަބުން ކަރާގެ ވިއްކައިގެން މާބޮޑު ފައިދާއެއް ނުލިބޭ ކަމަށް އޭނާ ބުންޏެވެ.

"18 ރުފިޔާއަށް 19 ރުފިޔާ އަށް ކިލޯއެއް މި ގަންނަނީ އެ ކޮޅުން (ތޮއްޑޫން). އަދި ބޯޓަށް ދައްކަންޖެހޭ ކޮންމެ ގޯންޏަކުން. ގޯންޏަކަށް ގިނަވެގެންވެސް މި ލެވެނީ ހަތަރު ކަރާ. ދެން މިތަނުގައި 20-25 ރުފިޔާއަށް ކަރާ ވިއްކައިގެން ކިހިނެތް މިކަން ކުރާނީ؟" އޭނާ ބުންޏެވެ.

ކަނޑޫދޫ މިރުހުގެ އަގު މިއަދުވެސް ހުރީ ދަށުގައެވެ. އެގޮތުން ކިލޯއެއް މިއަދު ލިބެން ހުރީ 120-200 ރުފިޔާއާ ދެމެދުގައެވެ.

"މިއަދުވެސް ގެނައިން ހައެއްކަ ބަސްތާ މިރުސް. ތާޒާ މިރުސް މިހުރީ. އެކަމު ކިލޯއެއް 150 އަށް މި ދޫކުރަން ޖެހެނީ، 200 އަށް ކިލޯއެއް ވަރަށްވެސް ނުވިކޭ. މިދޭތެރެއަކުން ދޫކޮށްފިން 100 ރުފިޔާއަށް ކިލޯވެސް. އަގެއް ނުކިޔާ މިހާރު މިގެންނަނީ. ވިކުނީމަ އަގު ދޭ ގޮތަށް. ކުރިންނަމަ އަގު ކިޔާފަ މާލެ އަރުވާނީވެސް" ކަނޑުދޫ މިރުސް ވިއްކާ ވިޔަފާރިވެރިޔަކު "ވަން" އަށް ބުންޏެވެ.

  • ކަރާ: 20-25 ރުފިޔާއަށް ކިލޯއެއް
  • ރޮކް މެލަން: 50 ރުފިޔާއަށް ކިލޯއެއް
  • ސްވީޓް މެލަން: 55 ރުފިޔާއަށް ކިލޯއެއް
  • އިޖިޕްޓް ފޭރު: 80 ރުފިޔާއަށް ކިލޯއެއް
  • ދިވެހި ފޭރު: 90 ރުފިޔާއަށް ކިލޯއެއް
  • ކުރުނބައެއް: 20-40 ރުފިޔާއަށް
  • ފެޝަން ފުރުޓް: 85 ރުފިޔާއަށް ކިލޯއެއް
  • ދޮންކެޔޮ: 40-50 ރުފިޔާއަށް ކިލޯއެއް
  • ފުސްކެޔޮ: 70 ރުފިޔާއަށް ކިލޯއެއް
  • ފަޅޯ: 40 ރުފިޔާއަށް ކިލޯއެއް
  • ކަށިކެޔޮ (ރަތް): 10-15 ރުފިޔާއަށް ވަކެއް
  • ރޯ ކަދުރު: 250-300 ރުފިޔާއަށް ކިލޯއެއް
  • އޮރެންޖެއް: ހަތަރު ރުފިޔާއަށް
  • އާފަލެއް: ފަސް ރުފިޔާ އާއި ހަތް ރުފިޔާއަށް
  • މެންޑްރިން: 60 ރުފިޔާއަށް ކިލޯއެއް
  • މޭބިސްކަދުރު: 120-180 ރުފިޔާއަށް ކިލޯއެއް
  • އަނބު: 80-90 ކިލޯއެއް
  • އަންނާރު: 90 ރުފިޔާއަށް ކިލޯއެއް
  • ކަންކުން: 5 ރުފިޔާއަށް ބޮނޑިއެއް
  • ކުއްޅަފިލާފަތް: 25 ރުފިޔާއަށް ދެ ބޮނޑި
  • ހިކަނދިފަތް: 5-10 ރުފިޔާއަށް ބޮނޑިއެއް
  • ކޮޕީ ފަތް: 10 ރުފިޔާއަށް ބޮނޑިއެއް
  • ރާނބާފަތެއް: 5 ރުފިޔާއަށް ފަތެއް
  • ކާއްޓެއް: 10-30 ރުފިޔާއަށް
  • ގަބުޅިއެއް: 30-35 ރުފިޔާއަށް
  • އަލުވި: 15 ރުފިޔާއަށް ކިލޯއެއް
  • ލޮނުމެދު: 40 ރުފިޔާއަށް ކިލޯއެއް
  • ކިއުކަމްބާ: 40 ރުފިޔާއަށް ކިލޯއެއް
  • ބަށި: 50-65 ރުފިޔާއަށް ކިލޯއެއް
  • ޓޮމާޓޯ: 20-60 ރުފިޔާއަށް ކިލޯއެއް
  • ބަޓާނާ: 55 ރުފިޔާއަށް ކިލޯއެއް
  • ލެޓިއުސް: 100 ރުފިޔާއަށް ކިލޯއެއް
  • ކައްޓަލަ: 40 ރުފިޔާއަށް ކިލޯއެއް
  • ބަނބުކޭލެއް: 130 ރުފިޔާއަށް ކިލޯ
  • ތޮޅިމިރުސް: 150 ރުފިޔާއަށް ކިލޯއެއް
  • ގިތެޔޮމިރުސް: 120-200 ރުފިޔާއަށް ކިލޯއެއް
  • ލުނބޯ: 60 ރުފިޔާއަށް ކިލޯއެއް
  • ކެޕްސިކަމް: 40-70 ރުފިޔާއަށް ކިލޯއެއް
  • ކެރެޓު: 35 ރުފިޔާއަށް ކިލޯ
  • ކިއުކަންބާ: 30 ރުފިޔާއަށް ކިލޯ
  • ކަނޑުމަސް: 28 ރުފިޔާއަށް ކިލޯއެއް
  • ކަންނެލި: 30 ރުފިޔާއަށް ކިލޯއެއް
  • ގޮދާ: 30 ރުފިޔާއަށް ކިލޯއެއް
  • މާނިޔަ މަސް: 50-80 ރުފިޔާއަށް މަހެއް
  • ހަންޖެއް: 75-300 ރުފިޔާއަށް
  • މުށިމަސް: 20 ރުފިޔާއަށް ފަސް މަސް
  • ދޮންމަސް: 20 ރުފިޔާއަށް ފަސް މަސް
  • ރިތް މަސް: 20 ރުފިޔާއަށް 40 މަސް
  • ރަތް މަސް: 75-400 ރުފިޔާއަށް
  • ރެހި ޖޯޑެއް: ދިހަ ރުފިޔާ
  • މެދު ސައިޒުގެ ފިލޮޅެއް: 60ރުފިޔާއަށް
  • މެދު ސައިޒުގެ ފާނައެއް: 65 ރުފިޔާއަށް
  • މެދު ސައިޒުގެ ތޮޅިއެއް 40 ރުފިޔާއަށް