ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ މުވައްޒަފުންގެ ފަރާތުން އުނގެނުމަށާއި ހުނަރު ދަސްކުރުމަށް ބޭނުންކުރާ ކުޅޭ ތަކެއްޗާއި ފޮތް، ކުޑަކުދިންގެ މަރުކަޒު "ފިޔަވަތި" އަށް ހަދިޔާކޮށްފިއެވެ.
ބީއެމްއެލްގެ މުވައްޒަފުން ފިޔަވައްޗަށް ހަދިޔާކޮށްފައިވަނީ ކިޔެވުމަށް ބޭނުންވާ ކުޅޭ ސާމާނާއި ވާހަކަ ފޮތް، ކުލަޖައްސާ ފޮތް، ކްރާފްޓް ސެޓް، ބޯޑު ގޭމްސް، ސްޓޭޝަނަރީސްގެ އިތުރުން ޕަޒްލްއެވެ.
ފާއިތުވި އަހަރުގެ ރަމަޟާން މަހު ބޭންކުގެ މުވައްޒަފުން އިސްނަގައިގެން ވަނީ އަސާސީ ބޭނުންތައް ފުއްދުމަށް ދަތި އާއިލާތަކަށް އެހީވުމަށް މޮމްސް އިން ހިންގާ "ހެލްޕް އަ ފެމިލީ" ޕްރޮގްރާމަށް އަސާސީ ކާބޯތަކެތީގެ އެހީތެރިކަން ފޯރުކޮށްދީފިއެވެ.
އަސާސީ ބޭނުންތައް ފުއްދުމަށް ދަތި އާއިލާތަކަށް އެހީވުމަށް ފާއިތުވި ތިން އަހަރުގެ ރަމަޟާން މަހު ބޭންކުން ވަނީ އާކް އެއިޑް ޕްރޮގްރާމަށްވެސް މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދީފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު