ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲގެ މަންމަ އަވަހާރަވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، ގއ. ދާންދޫ/ ކަކާގެ، ފާތިމަތު ސަކީނާ އަވަހާރަވީ ގިނަ ދުވަސްތަކެއް ވަންދެން ބަލިވެ އުޅުމަށްފަހު، ރޭގެ ވަގުތެއްގައި އައިޖީއެމްއެޗުގައެވެ. އަވަހާރަވި އިރު، އުމުރަކީ 77 އަހަރެވެ.
ސަކީނާގެ މައްޗަށް ކަށު ނަމާދުކުރުން އޮތީ، މާލޭ އާސަހަރާ މިސްކިތުގައި މިއަދުގެ މެންދުރު ނަމާދަށް ފަހުގައެވެ.
ޔައުގޫބްގެ މަންމަ ނިޔާވުމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ސިޔާސީ އިސް ފަރާތްތަކުގެ އިތުރުން އާއްމުންވެސް ދަނީ ޔައުގޫބަށް ތައުޒިޔާ ފޮނުއްވަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު