މިއަދަކީ މިއަހަރުގެ ރޯދަ މަހުގެ 11 ވަނަ ދުވަހެވެ. ބާޒާރުގައި މިއަދުވެސް ގިނަ ބާވަތްތަކެއް ލިބެން އެބަހުއްޓެވެ. އެގޮތުން އެންމެ ގިނައިން ފެންނަން ހުރީ އެކި ކަހަލަ ފަނިގިރާ ބާވަތްތަކާއި ތަރުކާރީ އާއި މޭވާގެ ބާވަތްތަކެވެ. ފަތްޕިލާވެލީގެ ބާވަތްތައްވެސް ހުސްނުވެ ލިބެން އެބަހުއްޓެވެ.

ބާޒާރުގައި ތޮއްޑޫ ކަރާ ކިލޯއެއް މިއަދުވެސް ލިބެން ހުރީ 20-25 ރުފިޔާއަށެވެ. ބާޒާރުގައި ފުވައްމުލަކު އަނބު ގިނަ އަދަދަކަށް ހުރި އިރު، އަނބު ކިލޯއެއް އުޅެނީ 60-80 ރުފިޔާއާ ދެމެދުގެ އަގުތަކެއްގައެވެ. ކުރުނބައެއް 20-45 ރުފިޔާއާ ދެމެދުގެ އަގުތަކެއްގައި ހުރި އިރު، ލެޓިއުސް ކިލޯއެއް ލިބެން ހުރީ 80 ރުފިޔާއަށެވެ. ކިއުކަންބާ ކިލޯއެއް 45 ރުފިޔާއަށް ލިބެން ހުރި އިރު، ކެރެޓް ކިލޯއެއް ލިބެން ހުރީ 50-70 ރުފިޔާއަށެވެ.

"ލެޓިއުސް މިހާރު ވަރަށް ގިނައިން އެބަލިބޭ. އެކަމު އަނބު މީ ހުވަދޫ ކޮޅު އަނބު، ގިނަ އެއްޗެހި މިހާރު އެހުރީ ދޮންވެފަ." ގޮޅީ ފިޔަވާރިވެރިޔަކު "ވަން" އަށް ބުންޏެވެ.

މިއަދު އެންމެ ބޮޑަށް ފާހަގަވި އެއް ކަމަކީ މާރުކޭޓުގައި ދޮން އަނބު ވަރަށްވެސް ގިނަ އަދަދަކަށް ހުރިކަމެވެ. އަދި ފާވެ ހަލާކުވަމުންދާ އަނބުވެސް ބައެއް ގޮޅިތަކުގައި ހުރިކަން ފާހަގަވިއެވެ.

ކަނޑޫދޫ މިރުހުގެ އަގު ދަށްވެފައިވާއިރު ބާޒާރުގައި ކަނޑޫދޫ މިރުސް ކިލޯއެއް މިއަދު ލިބެން ހުރީ 150-250 ރުފިޔާއާ ދެމެދުގެ އަގުތަކެއްގައެވެ. ގިނަ ގޮޅިތަކުން މިރުސް ކިލޯއެއް ވިއްކަނީ 200 ރުފިޔާއަށެވެ.

  • ކަރާ: 20-25 ރުފިޔާއަށް ކިލޯއެއް
  • ރޮކް މެލަން: 45 ރުފިޔާއަށް ކިލޯއެއް
  • ސްވީޓް މެލަން: 55 ރުފިޔާއަށް ކިލޯއެއް
  • އިޖިޕްޓް ފޭރު: 80 ރުފިޔާއަށް ކިލޯއެއް
  • ދިވެހި ފޭރު: 90 ރުފިޔާއަށް ކިލޯއެއް
  • ކުރުނބައެއް: 20-45 ރުފިޔާއަށް
  • ފެޝަން ފުރުޓް: 85 ރުފިޔާއަށް ކިލޯއެއް
  • ދޮންކެޔޮ: 60 ރުފިޔާއަށް ކިލޯއެއް
  • ފުސްކެޔޮ: 80 ރުފިޔާއަށް ކިލޯއެއް
  • ފަޅޯ: 4-0 ރުފިޔާއަށް ކިލޯއެއް
  • ކަށިކެޔޮ (ރަތް): 10-15 ރުފިޔާއަށް ވަކެއް
  • ރޯ ކަދުރު: 250-300 ރުފިޔާއަށް ކިލޯއެއް
  • އޮރެންޖެއް: ހަތަރު ރުފިޔާއަށް
  • އާފަލެއް: ފަސް ރުފިޔާ އާއި ހަތް ރުފިޔާއަށް
  • މެންޑްރިން: 60 ރުފިޔާއަށް ކިލޯއެއް
  • މޭބިސްކަދުރު: 120-180 ރުފިޔާއަށް ކިލޯއެއް
  • އަނބު: 80-100 ކިލޯއެއް
  • އަންނާރު: 90 ރުފިޔާއަށް ކިލޯއެއް.
  • ކަންކުން: 5 ރުފިޔާއަށް ބޮނޑިއެއް
  • ކުއްޅަފިލާފަތް: 15 ރުފިޔާއަށް ދެ ބޮނޑި
  • ހިކަނދިފަތް: 5-10 ރުފިޔާއަށް ބޮނޑިއެއް
  • ކޮޕީ ފަތް: 10 ރުފިޔާއަށް ބޮނޑިއެއް
  • ރާނބާފަތެއް: 5 ރުފިޔާއަށް ފަތެއް
  • ކާއްޓެއް: 10-35 ރުފިޔާއަށް
  • ގަބުޅިއެއް: 30-35 ރުފިޔާއަށް
  • ތަރުކާރީއާއި ފަލަމަޑީގެ ބާވަތްތަކުގެ އަގުތައް:
  • އަލުވި: 15 ރުފިޔާއަށް ކިލޯއެއް
  • ލޮނުމެދު: 40 ރުފިޔާއަށް ކިލޯއެއް
  • ކިއުކަމްބާ: 45 ރުފިޔާއަށް ކިލޯއެއް
  • ބަށި: 50-65 ރުފިޔާއަށް ކިލޯއެއް
  • ޓޮމާޓޯ: 20-60 ރުފިޔާއަށް ކިލޯއެއް
  • ބަޓާނާ: 45 ރުފިޔާއަށް ކިލޯއެއް
  • ލެޓިއުސް: 80ރުފިޔާއަށް ކިލޯއެއް
  • ކައްޓަލަ: 40 ރުފިޔާއަށް ކިލޯއެއް
  • ބަނބުކޭލެއް: 130 ރުފިޔާއަށް ކިލޯ
  • ތޮޅިމިރުސް: 150 ރުފިޔާއަށް ކިލޯއެއް
  • ގިތެޔޮމިރުސް: 150-250 ރުފިޔާއަށް ކިލޯއެއް
  • ލުނބޯ: 40 ރުފިޔާއަށް ކިލޯއެއް
  • ކެޕްސިކަމް: 40-70 ރުފިޔާއަށް ކިލޯއެއް
  • ކެރެޓު: 50-70 ރުފިޔާ
  • ކަނޑުމަސް: 25-30 ރުފިޔާއަށް ކިލޯއެއް
  • ކަންނެލި: 30 ރުފިޔާއަށް ކިލޯއެއް
  • ގޮދާ: 30 ރުފިޔާއަށް ކިލޯއެއް
  • މާނިޔަ މަސް: 50-90 ރުފިޔާއަށް މަހެއް
  • ހަންޖެއް: 75-450 ރުފިޔާއަށް
  • މުށިމަސް: 20 ރުފިޔާއަށް ފަސް މަސް
  • ދޮންމަސް: 20 ރުފިޔާއަށް ފަސް މަސް
  • ރިތް މަސް: 20 ރުފިޔާއަށް ފަސް މަސް
  • ރަތް މަސް: 75-350 ރުފިޔާއަށް
  • ރެހި ޖޯޑެއް: ދިހަ ރުފިޔާ
  • މެދު ސައިޒުގެ ފިލޮޅެއް: 65 ރުފިޔާއަށް
  • މެދު ސައިޒުގެ ފާނައެއް: 60 ރުފިޔާއަށް
  • މެދު ސައިޒުގެ ތޮޅިއެއް 60 ރުފިޔާއަށް.