އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުގައި އާންމު ހިއްސާދާރުން ތަމްސީލުކުރުމަށް، ބޯޑަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.
އެސްޓީއޯ އިން މިއަދު ކުރި އިއުލާނެއްގައި ވަނީ އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލާ މީހުންގެ ހުންނަންވާ ޝަރުތުތައް ބަޔާންކޮށްފައެވެ.
އިއުލާނުގައި ބުނެފައިވާ ގޮތުން، އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމް އަދި ފޯމާއެކު ހުށަހަޅަންޖެހޭ ޑޮކިއުމަންޓްތައް ފުރިހަމަކުރުމަށްފަހު ފޮނުވަންޖެހޭނީ [email protected] އަށް ނުވަތަ އެ ކުންފުނީގެ ވެބްސައިޓުގައި ހަދާފައިވާ ޕްލެޓްފޯމް މެދުވެރިކޮށެވެ. ފޯމް ފޮނުވުމުގެ ސުންގަޑިއަކީ 24 އޭޕްރީލް 2023ގެ ހެނދުނު 10:00 އެވެ.
މި މަގާމަށް އަންހެނުން ކުރިމަތިލުމަށްވެސް އެސްޓީއޯއިން ކުރި އިއުލާނުގައި ބާރުއަޅާފައިވެއެވެ.
އެސްޓީއޯގެ އިއުލާނުގައި ބުނެފައިވާ ގޮތުން، ޑިރެކްޓަރުންގެ ބޯޑުގައި ސަރުކާރު ތަމްސީލުކުރާ ޑިރެކްޓަރުން ނޮމިނޭޓް ކޮށްދެއްވުމަށް އެދި ޕީސީބީއަށްވެސް މިއަދު ވަނީ ނޯޓިސް ފޮނުވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު