ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ އަދަދު 100،000 އަށްވުރެ މައްޗަށް އަރާފައިވާ ކަމަށް ބޯހިމެނުމުން ދައްކައިފިއެވެ.

ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިކްސް (އެންބީއެސް) އިން ވަނީ މިދިޔަ އަހަރު މުޅި ރާއްޖޭގައި ބޯހިމެނުން ކުރިއަށް ގެންގޮސްފައެވެ. އަދި އިއްޔެ ވަނީ ބޯހިމެނުމުގެ ވަގުތީ ނަތީޖާ އާންމުކޮށްފައެވެ.

ބޯހިމެނުމުގެ ނަތީޖާގައިވާ ގޮތުން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ އަދަދަކީ 132,371 އެވެ. އޭގެ ތެރެއިން 51,030 ބިދޭސީން މާލޭގައި ދިރިއުޅޭ އިރު، 32,470 ބިދޭސީން ދިރިއުޅެނީ އަތޮޅުތެރޭ ރަށްތަކުގައެވެ. އަދި އިންޑަސްޓްރިއަލް ރަށްތަކުގައި 12,164 ބިދޭސީން ދިރިއުޅޭ އިރު، ރިސޯޓުތަކުގައި 36,707 ބިދޭސީން ދިރިއުޅެއެވެ.

ބޯހިމެނުމުން ދައްކާގޮތުގައި ކޮންމެ ތިން ދިވެއްސަކަށް އެއް ބިދޭސީއަކު ހުރެއެވެ. އެއީ ރާއްޖޭގައި ދިރިއުޅޭ އާބާދީގެ 26 ޕަސަންޓެވެ. ރާއްޖޭގައި ދިރިއުޅޭ 132،371 ބިދޭސީންގެ ތެރެއިން 51،030 މީހުންނަކީ ފިރިހެނުންނެވެ. އަދި 81،341 މީހުންނަކީ އަންހެނުންނެވެ.