މިއަދަކީ ރޯދަ މަހުގެ ފަސް ވަނަ ދުވަހުއެވެ. މާލޭ މަސް މާރުކޭޓުގައި މިއަދުވެސް އެކި ބާވަތްތަކުގެ މަސް ލިބެން އެބަހުއްޓެވެ.

މަސް މާރުކޭޓުގައި މިއަދު ކަނޑުމަސް ކިލޯއެއް ލިބެން ހުރީ 30 ރުފިޔާއަށެވެ. ތާޒާ ކަންނެލި ކިލޯއެއް 35 ރުފިޔާއަށް ލިބެން ހުރި އިރު، މާނިޔަ މަހެއް އުޅެނީ 75 ރުފިޔާއަށެވެ.

މަސް މާރުކޭޓުގައި މިއަދު އެންމެ ފާހަގަކޮށްލެވެނީ އައްޓަކަށް އަރުވާފައި އޮތް ތިން ފިޔަލައެވެ. އަގަކީ އެއްޗެއް 350 ރުފިޔާއެވެ.

ފަތިކޮށް ދުއްރައެއްހެން ހުންނަ ފިޔަލައަކީ އާންމުކޮށް ރާއްޖޭގެ އަތޮޅުތަކުގެ ބޭރުން މާކަނޑުގައި އުޅޭ މަހެކެވެ. ކުދި ހުޅުނބު ގިނަ މި މަހަކީ މަސް މީރު މަހެވެ.

  • ކަނޑުމަސް: 30 ރުފިޔާއަށް ކިލޯއެއް
  • ކަންނެލި: 35 ރުފިޔާއަށް ކިލޯއެއް
  • ގޮދާ: 30 ރުފިޔާއަށް ކިލޯއެއް
  • މާނިޔަ މަސް: 75 ރުފިޔާއަށް މަހެއް
  • ހަންޖެއް: 100-150 ރުފިޔާއަށް
  • މުށިމަސް: 20 ރުފިޔާއަށް ހަތަރު މަސް
  • ދޮންމަސް: 20 ރުފިޔާއަށް ހަތަރު މަސް
  • ރިތް މަސް: 20 ރުފިޔާއަށް ހަތަރު މަސް
  • ރަތް މަސް: 75-85 ކިލޯ
  • މެދު ސައިޒުގެ ފިލޮޅެއް: 60 ރުފިޔާއަށް
  • މެދު ސައިޒުގެ ފާނައެއް: 55 ރުފިޔާއަށް
  • މެދު ސައިޒުގެ ތޮޅިއެއް 40 ރުފިޔާއަށް
  • ބޯވައެއް: 150-200 ރުފިޔާއަށް