ރާއްޖޭގައި މަސްވެރިކަން ކުރާ ގޮތް ބެއްލެވުމަށް ކިރިބާތީގެ ފިޝަރީޒް މިނިސްޓަރު ރިބަނަޓާކެ ތިވަލުގެ ރާއްޖެއަށް ވަޑައިގެންފިއެވެ.
ރާއްޖޭގެ ފިޝަރީޒް މިނިސްޓްރީން މިއަދު ބުނީ ރިބަނަޓާކެ ތިވަލު ރާއްޖެ ވަޑައިގެން ރާއްޖޭގައި މަސްވެރިކަން ކުރަމުން އަންނަ ގޮތުގެ މައުލޫމާތު އޮޅުންފިލުއްވާފައިވާ ކަމަށެވެ. އަދި ކިރިބާތީގައި ކަޅުބިލަމަހުގެ ދޮށީގެ މަސްވެރިކަން ގާއިމުކުރެވޭނެ ގޮތްތަކާ ބެހޭގޮތުން ރާއްޖޭގެ ފިޝަރީޒް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަންއާ މަޝްވަރާކުރައްވާފައިވާ ކަމަށެވެ.
ރާއްޖޭގައި މަސް ޕްރޮސެސްކުރާ ފެސިލިޓީތަކަށާއި މަސް ދޯނިތައް ބަންނަ ގޮތް ބެއްލެވުމަށް ބޯޓުޔާޑުތަކަށް ވެސް ރިބަނަޓާކެ ތިވަލު ޒިޔާރަތްކުރައްވާފައިވާ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުންޏެވެ.
ކިރިބާތީ އަކީ ޕެސިފިކް ކަނޑުގައި އޮންނަ އޯޝޭނިއާގެ ޖަޒީރާ ގައުމެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު