ހދ.ކުމުންދޫ ނެރު ބަދަލުކުރުމުގެ މަޝްރޫއުގެ ދަށުން، އެ ނެރު ފުންކުރުމާއި އާ ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތް ނިމިއްޖެ ކަމަށް އެ މަސައްކަތުގެ ކޮންޓްރެކްޓަރު އެމްޓީސީސީން ބުނެފިއެވެ.
މިހާރު ސައިޓުގައި ކުރިއަށްދަނީ ބޭރު ތޮށީގެ ބެޑް ތައްޔާރުކުރުމުގެ މަސައްކަތާއި، ރެވެޓްމެންޓް ޕްރޮފައިލްކުރުމުގެ މަސައްކަތް ކަމަށް އެ ކުންފުނީން ބުނެއެވެ.
މިއީ 33.6 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ އޭޕްރިލް މަހުގައެވެ.
މި މަޝްރޫއުގެ ދަށުން 9,346 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އާ ހާބަރ ބޭސިން ފުންކުރުމާއި 4,954 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރަށް ވަދެވެން އޮންނަ ދިމާ ފުންކުރުމާއި 242 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި އަދި 198 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ހިމެނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު