އދ. ދިގުރަށު ބަނދަރު ހެދުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
މި މަޝްރޫއު ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ މޭ މަހުއެވެ.
މި މަޝްރޫއަކީ 50.02 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 570 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.
މިމަޝްރޫއުގެ ދަށުން 64,416 މީޓަރުގެ ބަނދަރު ފުންކުރުމާއި 6,770 މީޓަރު ނެރު ފުންކުރުމާއި 294 މީޓަރުގެ އެއްގަމު ތޮށިލުމާއި 287 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި 98 މީޓަރުގެ ރިވެޓްމަންޓް ޖެހުން ހިމެނެއެވެ. އަދި 2324 އަކަ މީޓަރުގެ ހާބާ ޕޭވްމަންޓް ހެދުމާއި ރޭމްޕެއް ހެދުމާއި ޖެޓީ ހެދުމާއި އޭޕްރަންއެއް ހެދުމާ އަދި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތްވެސް ހިމެނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު