ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ހާއްސަ ހަރަކާތެއް ބާއްވައިފިއެވެ.
އަންހެނުންގެ ދުވަހާ ގުޅިގެން ރޭ ފަރުކޮޅުފުށީގައި ބޭއްވި އެ ހަރަކާތުގައި އެޗްޑީސީގެ އިތުރުން ޖެންޑާ މިނިސްޓްރީ އަދި ވިމެން އިން ޓެކް އެމްވީއާ ގުޅިގެން ވަނީ ޕެނަލް ޑިސްކަޝަނެއް ބާއްވައިފައެވެ.
އެގޮތުން މި އަހަރުގެ ޝިއާރެއްގެ ގޮތުގައި ކަނޑައަޅާފައިވާ "ޑިޖިޓަލް – އިނޮވޭޝަން އެންޑް ޓެކްނޮލޮޖީ ފޯ ޖެންޑާ އީކުއާލިޓީ" އާ ގުޅުވައިގެން ވިމެން ޔުނައިޓް-ޑިޖިޓަލްގެ ނަމުގައި ވަނީ ހަރަކާތެއް ކުރިއަށް ގެންގޮސްފައެވެ.
އެޗްޑީސީން މިއަދު ބުނީ މިއީ ޓެކްނޮލޮޖީގެ ދާއިރާއަށް ޝައުގުވެރިވާ އަދި މި ދާއިރާއިން ކުރިއަށް ދާން ބޭނުންވާ އަންހެނުންނަށް މަގުފަހިވެގެންދިޔަ ރަނުގެ ފުރުސަތެއް ކަމަށެވެ.
އަދި ޓެކްނޮލޮޖީ ދާއިރާއާއި އެނޫންވެސް އެކި ދާއިރާތަކުގައި މަސައްކަތް ކުރަމުން އަންނަ އަންހެނުންނަށް ވީހާވެސް ގިނަ ފުރުސަތުތައް އިތުރުކޮށްދީ، މުވައްޒަފުންނަށް އަމާޒުކޮށްގެން މިފަދަ ގިނަ ހަރަކާތްތައް ކުރިއަށް ގެންދިއުމަކީ އެ ކޯޕަރޭޝަންގެ އަމާޒެއް ކަމަށް ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު