ހދ. ކުރިނބީގައި ކުޑަކުއްޖަކު އޮޅުކޮށްގެން ގެންގުޅުނު އަސްދޫންޏެއް ގެއްލިގެން ހޯދަމުން ދަނިކޮށް، މީގެ އަހަރެއް ކުރިން ގެއްލުނު އެރަށު ކައުންސިލްގެ ތިޖޫރި ފެނިއްޖެއެވެ.
މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ކުރިނބީ ކައުންސިލްގެ ތިޖޫރީ ވަގަށް ނަގައިގެން، އެކަން ފުލުހުންނަށްވެސް ރިޕޯޓްކުރިއެވެ. ނަމަވެސް ތިޖޫރި ހޯދަން ކުރި މަސައްކަތް ކާމިޔާބު ނުވުމުން މައްސަލަ ފައިލް ކުރިއެވެ.
ކުރިނބީ ކައުންސިލް ރައީސް އަބްދުﷲ އަސްލަމް "ވަން" އަށް މިއަދު ވިދާޅުވީ ތިޖޫރި ފެނުނީ އަސްދޫނި ހޯދަން ވަލުތެރެއަށް ވަދެ އުޅުނު އާންމުންގެ ބަޔަކަށް ކަމަށެވެ.
"ގާތްގަނޑަކަށް ކައުންސިލާ 100 މީޓަރު ދުރުން ވަލުތެރެއިން މި ފެނުނީ. އަނެއްހެން ފޮރުވާފަ އޮއްވައެއް ނޫން. ހަމަ އެއްލާލާފަ އޮތީ. ކޮންމެވެސް ވަރަކަށް ގެއްލުން ލިބިފަ ހުރީ. ތިޖޫރި ނުހުޅުވާ އޮތީ. ތިޖޫރި ގެއްލުނުތާ އަހަރެއް ވެއްޖެ މިހާރު. އޭރު ފުލުހުންވެސް އެ ހޯދަން އެކަށީގެންވާ މަސައްކަތެއް ކުރި ނަމަ ފެނުނީސް ކަންނޭނގެ." އޭނާ ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވި ގޮތުގައި، ތިޖޫރި ގެއްލުނުއިރު އޭގައި މާގިނަ ފައިސާއެއް ނުހުންނާނެއެވެ. ނަމަވެސް ކައުންސިލްގެ ޗެކް ފޮތް އޮތެވެ.
ޚަބަރު
ޚަބަރު
ޚަބަރު