ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ތ. ހިރިލަންދު ވަޑައިގެންފިއެވެ.

ރައީސް ސޯލިހު މިއަދު ހެނދުނު ހިރިލަންދުއަށް ވަޑައިގަތުމުން އެރަށުން އެމަނިކުފާނަށް ވަނީ ހޫނު މަރުހަބާއެއް ކިޔައިފައެވެ

ރައީސް ސޯލިހު ހިރިލަންދުއަށް ވަޑައިގެންފައިވަނީ އެ ރަށު ސްކޫލްގެ 71 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބާއްވާ ޖަލްސާ

ޝަރަފުވެރިކޮށްދެއްވުމަށެވެ.

ހިރިލަންދުއަށް ރައީސް ކުރައްވާ މި ދަތުރުފުޅުގައި އެރަށު ސްކޫލަށް 71 އަހަރު ފުރުމުގެ ހަފުލާގެ އިތުރުން ބައެއް ކަންކަމުގައިވެސް ބައިވެރިވެވަޑައިވަޑައިގަންނަވާނެއެވެ. އެގޮތުން ރައީސްގެ މި ދަތުރުފުޅުގައި، އެރަށު ފެނަކަ އޮފީސް ހުޅުވައިދެއްވައި، އެރަށުގައި އަލަށް ހެދި ވޮލީބޯޅަ ކޯޓުވެސް ހުޅުވައިދެއްވާނެއެވެ.