ރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މާދަމާ ތ. ހިރިލަންދުއަށް ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް ސޯލިހު ހިރިލަންދޫއަށް ވަދައިގަންނަވަނީ އެރަށު ސްކޫލަށް 71 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބާއްވާ ހާއްސަ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ކަމަށެވެ.

އާބާދީގައި 1200އެއްހާ މީހުން ދިރިއުޅޭ ހިރިލަންދޫގައި ގިނަ ޒުވާނުންތަކެއް ވަޑާމުގެ މަސައްކަތުގައްޔާއި މަސްވެރިކަމުގައި އުޅެއެވެ.

ރައިސުލްޖުމްހޫރިއްޔާ އެރަށަށް މީގެ ކުރިން ވަޑައިގެންނެވީ 2021 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ.