މެދުއިރުމަތީގެ އެންމެ ބޮޑު ބޯޓް ޝޯ, ދުބާއީ އިންޓަނޭޝަނަލް ބޯޓް ޝޯގެ ތެރެއިން ބާއްވާ ކޮންފަރެންސްގެ ޕެނަލިސްޓެއްގެ ގޮތުގައި ރާއްޖޭގެ ބޯޓިން ޖަމިއްޔާ, ނޭޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް) ރައީސް އިސްމާއިލް ހަމީދު (ހައިރައިޒް އިއްސެ) ހަމަޖައްސައިފިއެވެ.
އިއްސެ ހަމަޖައްސާފައި ވަނީ އެ ޝޯގެ ތެރެއިން ބާއްވާ މިޑްލްއީސްޓް ޔޮޓިން ކޮންފަރެންސްގެ ޕެނަލިސްޓެއްގެ ގޮތުގައެވެ. އޭނާއާއެކު ދެން އެ ކޮންފަރެންސްގެ ޕެނަލިސްޓުންގެ ގޮތުގައި ހަމަޖައްސާފައިވަނީ:
- ޑޭވިޑް ގުޑް: އޮސްޓްރޭލިއަން އިންޓަނޭޝަނަލް މެރިން އެކްސްޕޯޓް ގުރޫޕް, ސުޕަޔޮޓް އޮސްޓްރޭލިއާ އަދި އޮސްޓްރޭލިއަން ކޮމާޝަލް މެރިން ގުރޫޕްގެ ސީއީއޯ
- ނިގަލް ބެއްޓީ – އޭޝިއާ ޕެސިފިކް ޔޮޓް އެސޯސިއޭޝަންގެ ޗެއާމަން
މާދަމާއިން ފެށިގެން އަންނަ އާދީއްތަ ދުވަހުގެ ނިޔަލަށް ދުބާއީ ހާބަރުގައި ކުރިއަށްދާ ދުބާއީ އިންޓަނޭޝަނަލް ބޯޓް ޝޯއަކީ މީގެ 29 އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ މާޗު މަހު ބާއްވަމުން އަންނަ ޔޫއޭއީ އަދި މެދުއިރުމަތީގައިވެސް ބާއްވާ އެންމެ ބޮޑު ބޯޓް ޝޯއެވެ.
މި އަހަރުގެ ޝޯގައި ސިނާއަތުގައި މަސައްކަތްކުރާ 3000 އަށްވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ވަނީ ބެލެވިފައެވެ. އަދި ޝޯގައި 150 ބޯޓު ޑިސްޕްލޭ ކުރާއިރު, 800 ޔޮޓިން ކުންފުނި ބައިވެރިވާނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު