އެމްޑަބްލިޔުއެސްސީގެ ލެބޯޓަރީން ލެބް އިކުއިޕްމެންޓް ކެލިބްރޭޝަންގެ ހިދުމަތް ތައާރަފުކޮށްފިއެވެ.
އެމްޑަބްލިޔުއެސްސީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ހިދުމަތް ތައާރަފްކޮށްދެއްވީ، ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަނެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހް ވިދާޅުވީ، ލެބޯޓަރީ އިކުއިޕްމަންޓް ކެލިބަރޭޓިންގެ ހިދުމަތަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޔުޓިލިޓީ ހިދުމަތްތައް ދެމުން އަންނަ ކުންފުނިތަކުން، ފޯރުކޮށްދޭ ފެނާއި ނަރުދަމާ ހިދުމަތްތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް މުހިންމު ހިދުމަތެއް ކަމުގައެވެ.
ބައިނަލްއަގުވާމީ ގޮތުން ލެބް އިކުއިޕްމެންޓްތަކުގައި ކޮންމެހެން ހުރުން ލާޒިމުކުރާ މިންގަނޑުތަކާއި އެއްގޮތަށް އިކުއިޕްމެނަޓްތައް ދަމަހައްޓައި، މި އިކުއިޕްމަންޓްތައް މެދުވެރިކޮށް ހަދާ ޓެސްޓްތަކުން ލިބޭ ނަތީޖާއާއި މެދުގައި އޮންނަ ޔަގީންކަން މި ހިދުމަތުގެ ސަބަބުން އިތުރުވެގެންދާނެ ކަމުގައިވެސް ޝާހް ވިދާޅުވިއެވެ.
އެމްޑަބްލިޔުއެސްސީން ބުނި ގޮތުގައި ރާއްޖޭގައި މުޅިން އަލަށް ފަށާ މި ހިދުމަތް އެ ކުންފުނިން ފޯރުކޮށްދޭނީ ތަމްރީނު ލިބިފައިވާ ސައްތައިން ސައްތަ ދިވެހި މުވައްޒަފުންނާ އެކުގައެވެ.
އެމްޑަބްލިޔުއެސްސީން އިތުރަށް ބުނި ގޮތުގައި، ލެބް އިކުއިޕްމެންޓް ކެލިބްރޭޝަން ހިދުމަތް ފޯރުކޮށްދޭ އިކުއިޕްމެންޓްތަކާއި އަދި ޕެރެމީޓާސްތަކުގެ ތެރެއިން ކަސްޓަމަރު ބޭނުންވާ ގޮތަށް ޕެކޭޖް ތައްޔާރުކުރެވޭނެ އެވެ. އެމްޑަބްލިޔުއެސްސީއަށް އިކުއިޕްމެންޓް ގެނައުމުން ނުވަތަ ކަސްޓަމަރު އެދުމުން އިކުއިޕްމެންޓް ހުރި ތަނަށް ކުންފުނީގެ މުވައްޒަފުން ގޮސްގެންވެސް އެ ހިދުމަތް ލިބޭނެއެވެ.
ލެބް އިކުއިޕްމަންޓް ކެލިބަރޭޝަން ހިދުމަތަށް އެމްޑަބްލިޔުއެސްސީގެ ޝޯރޫމުން ނުވަޔަ ޝޯ ރޫމްގެ ހޮޓަލްއިން 7960022 އަށް ގުޅައިގެން އެދެވޭނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު