ހިޓާޗީގެ އާ އުފެއްދުންތަކެއް އެސްޓީއޯއިން ރާއްޖޭގެ ބާޒާރަށް ނެރެފިއެވެ.

އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި މި އުފެއްދުންތައް ތައާރަފުކޮށްދެއްވީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު އަހުމަދު ޝިފާން އާއި ހިޓާޗީ ހޯމް އެޕްލައަންސްގެ ޑިރެކްޓާ ސޭލްސް ޓަރުން ޖައިންއެވެ.

އެސްޓީއޯއިން މިފަހަރު ތައާރަފުކުރި ހިޓާޖީގެ އުފެއްދުންތަކުގެ ތެރޭގައި، ފްރިޖާއި ދޮންނަ މެޝިނާއި މައިކްރޯވޭވް އަވަނާއި ޗެސްޓް ފްރީޒާ ފަދަ ތަކެތި ހިމެނެއެވެ.

ހިޓާޗީއަކީ އެތައް ދިވެހިންގެ އިތުބާރު ހޯދާފައިވާ މަގުބޫލު ބްރޭންޑެކެވެ.